މ. އޯޑިއޯން ކައިރި މަގުމައްޗަށް ވެއްޓިފައި އޮތް ބިދޭސީއެއް ސެނަހިޔާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
މިކަމުގެ މަޢުލޫމާތު ދެމުން އެމްއެންޑީއެފްއިން ބުނީ އެމީހާ ސެނެހިޔާއަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ސެނެހިޔާގައި މަސައްކަތް ކުރާ ޑޮކްޓަރުން ބުނެފައިވާކަމަށެވެ.
މީގެ އިތުރުން އެމްއެންޑީއެފްއިން ބުނެފައިވަނީ އެމީހާ މަރުވުމުގެ ކުރިން މޭގައި ރިއްސާތީ އުޅުންކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ. މީގެ އިތުރުން މީގެ ކުރިން ފުލުހުން ބުނީ ބަންގްލަދޭޝްގެ 50 އަހަރުގެ އެ ފިރިހެން މީހާ ވެއްޓިފައި އޮތީ އަސަރީ ގޯޅި އާއި މަޖީދީ މަގު ކަންމައްޗަށް ކަމަށެވެ. އޭނާ ވެއްޓިފައި އޮއްވައި ފެނުނީ މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށްކަމަށެވެ.
ކޮވިޑް-19 ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެން ފަށާފައިވާއިރު އެބަލިޖެހޭ މީހުންގެ ތެރޭގައި ބިދޭސީން ވެސް ހިމެނެ އެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އާއްމުކުރި މައުލޫމާތުތަކުގައިވާ ގޮތުން މާލެ އިން މިއަދު އެކަނި ވަނީ 16 ބިދޭސީއަކު (ބަންގްލަދޭޝް 14 މީހަކާއި އިންޑިއާގެ ދެ މީހަކު) ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!