ހއ. އުލިގަމުން ޓެސްޓް ކުރި މީހާ ގެ ފުރަތަމަ ޓެސްޓް ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވެފައިވާކަމަށް މަބުރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
އޭނާ ކޯވިޑް19 ށް ޕޮޒިޓިވްތޯ ބެލުމުގެ މަސައްކަތް ކުރަމުން ދާކަމަށާއި އުލިގަމުން ޓެސްޓް ހެދި ފުރަތަމަ މީހާގެ ސާމްޕަލް ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށާއި ކޯވިޑް19 އަށް ޕޮސިޓިވް ވެފައިވޭތޯ ބެލުމުހެ އިތުރު ޓެސްޓުތަކެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.
ސްކްރީނިން ޕޮޒިޓިވް ވިޔަސް އަދި ކޯވިޑް19 ހުރިތޯ ޔަގީން ކުރުމަށް އިތުރު ޓެސްޓް ކުރާނެ ކަމަށް އެންއީއޯސީން ބުނެއެވެ. ކޯވިޑް19 ޓެސްޓް ކުރުމަށް ފަހު ނަތީޖާ ޕޮޒިޓިވް ވެއްޖެ ނަމަ އެކަން ހާމަ ކުރާނެ ކަމަށްވެސް އެންއީއޯސީން ބުނެއެވެ.
މީގެ އިތުރުން ޑރ ނަޒްލާ ވިދާޅުވީ އެމީހާއަކީ އުލިގަމުގައި ދިރި އުޅޭ މީހެއް ކަމަށާއި އެމީހާ މާލެއަށް ދިއުމަށްފަހު މިމަހުގެ 15 ވަނަ ދުވަހު އުލިގަމަށް ފުރައިގެން ދިޔަ މީހެއްކަމަށާއި އެބޯއްޓު ދަތުރު ކުރި ރަށްރަށާއި އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ވެފައިވާ މީހަކު ދަތުރުކޮށްފައި ވަނީ "ކާވިއާ" ނަމަކަށް ކިޔާ ބޯޓެއްގަ އެވެ. އަދި އެ ބޯޓަކީ އުލިގަމުގެ އިތުރުން ވައިކަރަދޫ، ހިރިމަރަދޫ، ނޮޅިވަރަންފަރު އިހަވަންދޫ އަދި ތަކަންދޫއަށް ވެސް ދަތުރު ކުރާ ބޯޓެކެވެ.
އެ ބޯޓުން ދަތުރު ކުރި މީހުން އެ ހަ ރަށަށް ވެސް ފާބައިފައިވާތީ އެ ރަށްތައް މޮނިޓަރިންގެ ހާލަތަށް ގެންނަން އެޗްޕީއޭ އިން އަންގާފައިވާކަމަށް ކައުންސިލް ތަކުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!