މޮނިޓަރިންގެ ހާލަތަށް ގެނަސްފައިވާކަން އެޗްޕިއޭއިން ވަނީ ހދ. ވައިކަރަދޫ ކައުންސިލަށް އަންގާފައެވެ.
އެޗްޕީއޭއިން ވައިކަރަދޫ ކައުންސިލަށް ފޮނުވާފައިވާ ލިޔުމުގައި ބުނެފައިވަނީ އެރަށް ކަރަންޓީނުކޮށްފައިވަނީ ވައިކަރަދޫއަށް ދަތުރުކޮށްފައިވާ ބޯޓެއްގައި ހުރި މީހެއްގެ ކިބައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމާއި ގުޅިގެން ޞިއްހީގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި ކަމަށެވެ.
ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، މި އެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށް ރަށް ކަރަންޓީނު ކުރުން
ވައިކަރަދޫއަށް އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުގައި ބަޔާންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!