ޤާނޫނު ތަންފީޒު ކުރާ ފަރާތްތަކުން އެޗްޕީއޭގެ ނިންމުންތައް ރަނުންރަނަށް ތަންފީޒު ނުކޮށްދޭކަމުގައިވާނަމަ އެކަށޭނެ ނަތީޖާ ނުފެންނާނެކަމަށާއި ނުރައްކާ ބޮޑުވާނެކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ޙުސައިން ވިދާޅުވެއްޖެ އެވެ.

މީގެ އިތުރުން އަޙްމަދު ފާއިޒް ހުސައިން އެބޭފުޅާގެ ފޭސްބުކްގައި ބުނެފައިވަނީ މާލެ ލޮކްޑައުންކޮށްފައިވާއިރުވެސް މާލޭގެ ކުދި ކުދިގޯޅިތަކަށް ނުކުމެއުޅޭ ބޭރުމީހުން ގެއަށް ވެއްދޭތަނެއް ނުފެންނަކަމަށެވެ.

Ad
rt

ތަނެއް ލޮކްޑައުންކޮށް ހަރުކަށި ފިޔަވަޅުތައް އަޅަން ޖެހެނީ އެތަނެއްގައި އުޅޭ ބަޔަކު ފަރުދީ ޒިންމާ އަދާނުކުރާތީއެވެ. ދެންވެސްފަރުދީ ޒިންމާ އަދާކުރާނެކަމަށް ބެލުމަކީ މޮޔަކަމެކެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ޙުސައިން ބުނެފައިވެއެވެ.

ޤައުމުގައި ހިނގާ ތަފާތު އެކި ކަންކަމާއި ދެކޭ ގޮތުން އަޙްމަދު ފާއިޒް ހުސައިން އަންނަނީ ތަފާތު އެކި ކަން ކަމުގައި ދެކިވަޑައިގަންނަވާ ގޮތް ހިއްސާ ކުރަމުން ނެވެ. އެގޮތުން މިދުވަސްވަރު ދިމާވެފައިވާ ކޯވިޑް19 އާއި ގުޅިގެން ގުޅިގެން އަންނަނީ ތަފާތު ހިޔާލު ފާޅުކުރައްވަމުންނެވެ.