ސަރުކާރުގެ މައި ފެން ކުންފުނި އެމްޑަބްލިއުއެސްސީގެ ދަށުން ހިންގާ އައިލެންޑް ބެވަރޭޖްސް މޯލްޑިވްސް (އައިބީއެމް) އިން އުފައްދާ "ތާޒާ" ފެނުގެ ފެންފުޅިތައް އޮންލައިންކޮށް އޯޑަރ ކުރުމުން މާލޭ ސިޓީގެ ގޭގެއަށް ގެންގޮސްދިނުމިގެ ޚިދުމަތް ފަށައިފިއެވެ.
އައިބީއެމްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް އަންވަރު ވިދާޅުވީ ކޯވިޑް19 އާއި ގުޅިގެން ދިމާވެފައިވާ ދަތިހާލުގެ ސަބަބުން ކަސްޓަމަރުންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން 5 ކޭހަށްވުރެ އިތުރަށް އޯޑަރ ކުރައްވާ ފަރާތްތަކަށް ޑެލިވަރީގެ ޚިދުމަތް ފަށާފައިވާކަމަށެވެ. އެގޮތުން އޮންލައިން ފޯމްއަކުން އޯޑަރ ކުރެވޭނެކަމަށް ބުނެފައިވެއެވެ.

އޮންލައިންކޮން އޯޑަރ ކުރުމުން ޑެލިވަރ ކުރުމުގެ ކުރިން ގުޅާނެކަމަށް އެފަރާތުން ބުނެއެވެ. މިވަގުތު ޑެލިވަރ ކޮށްދެނީ ހަމައެކަނި ގްރައުންޑް ފްލޯއަށްކަމަށް ބުނެފައިވެއެވެ.
އަންވަރު ބުނެފައިވަނީ މިޚިދުމަތް ދެމުން ދާނީ މާލެ ހުޅުމާލެ އަދި ވިލިމާލެއަށް ކަމަށެވެ. މާލޭ ހުޅުމާލޭގެ ގޭބީސީތަކަށް ގެންގޮސްދޭއިރު ވިލިމާލޭގައި ފޯރުކޮށްދެނީ ހަމަ އެކަނި ފިހާރަތަކަށް އެކަނިކަމަށް އަންވަރު ފާހަގަ ކުރެއްވިއެވެ.
ތާޒާ ފެނުގެ ކޮލިޓީ ކޮންޓްރޯލް ކުރުމަށްޓަކައި އެފެނުގެ ކޮލިޓީ ބެލުމަށް ގާއިމްކޮށްފައިވާ ލެބޯޓްރީއަކީ ރާއްޖޭގެ ދެ ވަނަ އަށް އެންމެ ފެންވަރު ރަނގަޅު ލެބޯޓްރީ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!