ފުރަ ބަންދުގެ ސަބަބުން ފޫހިވާތީ ނައިޖީރިއާގެ މަގުތައްމަތީގައި ކަސްރަތު ކުރަނީ

photo_2020-04-15_00-37-48

ކޯވިޑް-19 އާއި ގުޅިގެން ކޮށްފައިވާ ލޮކްޑައުންގެ ސަބަބުން ފޫހިވާތީ ނައިޖީރިއާގެ ވެރިރަށް އަބޫޖާގެ މަގުތައްމަތީގައި އެކި ގުރޫޕުތައް ހަދައިގެން ކަސްރަތުކުރުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަމުން އެބަދެއެވެ.

ރޮއިޓާސްގައި ރިޕޯޓު ކޮށްފައިވާ ގޮތުން ފުރަބަންދުގެ ސަބަބުން އަބޫޖާގެ މަގުތަކުގައި ދުއްވާއެއްޗެހި އުޅޭ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އެހެން ކަމުން ފޫހި ފިލުވުމަށް އެޤައުމުގެ މީހުން ދަނީ މަގުތަކާއި، ހައިވޭ ތަކުގައި ކަސްރަތުކުރުމަށް އެއްވަމުންކަމަށް ބުނެފައިވެއެވެ.

މަގުތަކަށް ކަސްރަތު ކުރުމަށް ނުކުންނަ މީހުން ބުނާ ގޮތުން ނައިޖީރިއާގައި މިހާތަނަށް 300 މީހަކަށް ކޯވިޑް-19 ޖެހި، 10 މީހަކު މިބަލީގައި މަރުވެފައި ވާތީ، އެކަމުން އެމީހުންނަށް އެ ގޮތަށް މަގުތަކަށް އެއްވުމަށް ކޮންމެސް މިންވަރެއްގެ ނުތަނަވަސް ކަމެއް ލިބެއެވެ.

ގްރޫޕް ކަސްރަތުތައް ހިންގާ އަކިންޔެމީ ބުސާޔޯ ބުނެފައިވަނީ ލޮކްޑައުން ކުރުމުން ގޭގައި ކަމެއްނެތި، މަސައްކަތެއް ނެތި، ކާނެ އެއްޗެއް ނެތި ތިބެން ޖެހުމުގެ ބަދަލުގައި ހަށިގަނޑަށް ފައިދާއެއް ހޯދަން ކަސްރަތު ކުރަން ނިންމީ ކަމަށެވެ.

ނައިޖީރިއާ ސަރުކާރުން ވަނީ އެ ޤައުމުގެ ރައްޔިތުން ކޮންމެ ހެން ބޭނުންވާ ޒަރޫރީ ކަމެއްގައި މެނުވީ ބޭރަށް ނުނުކުތުމަށް އަންގާފައިއެވެ.

އެ އެންގުމާއި ޚިލާފަށް އެ ޤައުމުގެ މަގުތަކުގައި ބޭކާރުގޮތުގައި އުޅޭ މީހުންގެ ގައިގައި ތަޅާއަނިޔާކޮށް ގެއަށް ވައްދަމުން ދާއިރު މަގުމަތީ ކަސްރަތު ކުރާ ފަރާތް ތަކުން ދަނީ މިކަމަށް ބެލުމެއް ނެތި އަދި ބަލި ފެތުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބީރު ކަންފަތެއް ދިނުމަށްފަހު މި ޕްރޮގްރާމްތައް ކުރިއަށް ގެންދަމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *