އިންޑީއާގެ ބެންގަލޫރާއި ކޮޗިންގައި ތިބި 159 ދިވެހިން ރާއްޖެއަށް ގެނެސްފިއެވެ.
މޯލްޑިވިއަން އިން މިކަން ހާމަކޮށް މިއަދު ކުރިި ޓުވީޓްގައި ބުނެފައިވަނީ އިންޑިއާގެ ބެންގަލޫރު އަދި ކޮޗިންގައި ތިބި ދިވެހިން މޯލްޑިވިއަންގެ ފްލައިޓުގައި ރާއްޖެއަށް ގެނެސްފައިވާ ކަމަށެވެ. އެ ގޮތުން މިއަދު އައި ފްލައިޓުގައި ޖުމްލަ 159 ފަސިންޖަރުން ގެނެސްފައިވާކަމަށް މޯލްޑިވިއަން އިން ބުނެއެވެ.
އެ ފްލައިޓު ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައިވަނީ ގާތްގަނޑަކަށް މިއަދު މެނދުރު 1:00 ހާއިރިކަމަށް މޯލްޑިވިއަނުން މަޢުލޫމާތު ދީފައިވެ އެވެ.
#Maldivian flight carrying our locals from #BLR and #COK arrived @velanaairport around 1300. Total passengers 159 pic.twitter.com/AcOltPwIg1
— Maldivian (@MaldivianAero) April 14, 2020
ރޭ ދަރުބާރު ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ގެ ތަރުޖަމާނު މު މަބްރޫކް އަޒީޒް ވިދާޅުވީ އިންޑިއާގެ ބެންގަލޫރާއި ކޮޗިންގައި ތިބި 157 ދިވެހިން ރާއްޖެއަށް ގެންނާނެ ކަމަށެވެ. އެ ފްލައިޓުގައި ރާއްޖެ ގެންނަ ދިވެހިންނަކީ އާސަންދަ ސްކީމްގެ ދަށުން އިންޑިއާއަށް ބޭސްކުރަން ގޮސް ތިބި ބަލި މީހުންނާއި ބަލި މީހުންގެ އެހީތެރިންނެވެ.
ރާއްޖެއިން ބޭރުގައި ތިބި ދިވެހި އައިލާތަަކަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ފޮނުވުމުގެ ގޮތުން ސަރުކާރުން މިހާތަނަށް ވަނީ ސްރީލަންކާ، އިންޑިއާ، އަދި މެލޭޝިޔާގައި ތިބި އާއިލާތަކަށްވެސް ތަކެތި ފޮނުވުމުގެ ފުރުސަތު ދީފައެވެ. އަދި ބެންކޮކުގައި ތިބި ދިވެހި އާއިލާތަކަށްވެސް މާދާމާ ތަކެތި ފޮނުވޭނެ އިންތިޒާމް ހަމަޖައްސާފައި ވާއިރު ޔޫއޭއީގައި ތިބި ދިވެހިންނަށް މިމަހުގެ 17 ވަނަ ދުވަހު ތަކެތި ފޮނުވޭނެ ގޮތްވެސް ވަނީ ހަމަަޖައްސާފައެެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!