•  
  •  
  •  
  •  
  •  
  •  
  •  

އެންމެ އަވަހަށް އޮންނަ ޓްރާންސްފަރ ބާޒާރުގައި އިނގިރޭސި ފުޓްބޯޅަ ކުލަބު ޓޮޓެންހަމް ހޮޓްސްޕާސްގެ އެއްވަނަ ފޯވާޑް ހެރީ ކޭން ވިއްކާލުމަށް އެ ކުލަބުން ނިންމައިފިއެވެ.

މިގޮތަށް އެ ކްލަބުން ނިންމީ މިވަގުތު އެ ކްލަބްގައި އޮތް ބޮޑު ދަރަނީގެ ސަބަބުން މާލީގޮތުން ލިބިދާނެ ގެއްލުންތަކުން އަރައިގަތުމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން އެންމެ ބޮޑު ގެއްލުމަކާއި ކުރިމަތިވެފައިވާ އެއް އިނގިރޭސި ކްލަބަކީ ޓޮޓެންހަމް އެވެ. އެ ކްލަބުން އަލަށް ތަރައްގީ ކުރި ފުޓްބޯޅަ ދަނޑުގެ މަސައްކަތަށް ނަގާފައިވާ ލޯނުގައި އަދި ބާކީ ނުދައްކާ 637 މިލިއަން ޕައުންޑް ހުރިއިރު، ކޮވިޑް ބަލީގެ ސަބަބުން ކުލަބަށް ވަންނަ ފައިސާ ވަނީ ވަރަށް ބޮޑުތަކުން މަދުވެފައެވެ.

އެ ކުލަބުން އަންދާޒާކޮށްފައިވާ ގޮތުގައި މި ލޯނު ދެއްކުމަށް މިއަހަރު ބޮޑު އަދަދެއް ލިބޭނެއެވެ. ނަމަވެސް ކޮވިޑް-19ގެ ހާލަތާއެކު އެ ކުލަބުގެ ވިސްނުން ވަނީ ބަދަލުވެފައެވެ. މި ސީޒަން ފުރިހަމަ ނުކުރެވިއްޖެނަމަ ލޯނު ދެއްކުމުގައި ޓޮޓެންހަމްއަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާއެވެ.

އެ ކްލަބްގެ ލޯނުގެ ދަރަނި އަދާކުރުމަށް ބޭނުންވާ ފައިސާ އެއްފަހަރާ ބޮޑު އަދަދަކުން ޓޮޓެންހަމަށް ލިބޭނެ އެންމެ ފަސޭހަ ގޮތަކީ މާކެޓުގައި އަގު ބޮޑުކޮށް ކްލަބުގެ އެއްވަނަ ފޯވަޑް ކޭން ވިއްކާލުން ކަމަށްވާތީ އެ ކްލަބުން އެ ގޮތަށް ނިންމީއެވެ.

އެކަމާއި ގުޅިގެން ޓޮޓެންހަމްގެ ޗެއާމަން ޑެނިއެލް ލެވީ ބުނެފައިވަނީ 200 މިލިއަން ޔޫރޯ ހުށަހަޅާ ކްލަބަކަށް އެ ކްލަބްގެ ހުނަރުވެރި ފޯވަޑް ކޭން ވިއްކާލާނެ ކަމަށެވެ. ކްލަބު ދަރަނިން ސަލާމަތް ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށާއި، މިހާރުގެ ހާލަތުން އަރައި ގަނެވުމުން ކުލަބް އިތުރަށް ވަރުގަދަކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ.

އުމުރުން 26 އަހަރުގެ އިނގިރޭސި މަޝްހޫރު ފޯވާޑުވަނީ ކްލަބަށް 278 މެޗުން 181 ގޯލް ކާމިޔާބު ކޮށްދީފައެވެ.

ޚިޔާލު

Your email address will not be published.