ދުނިޔޭގެ ސްޕަރ ޕަވަރ ކަމަށް ދައުވާ ކުރާ އެމެރިކާގައި ކޮވިޑް-19 ޖެހުނު މީހުންގެ ޢަދަދު ބައި މިލިއަން ފަހަނައަޅައިގޮސް ވިހި ހާހަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.
އެމެރިކާއިން މިހާތަނަށް 532,879 މީހުންނަށް ވަނީ މިބަލިޖެހިފައެވެ. އަދި މީހުން އެ ޤައުމުން މިބަލީގައި 20,577 މީހުން ވަނީ މަރުވެފައި ވެއެވެ.
އަސްކަރީ ގޮތުން ބާރު ދަމަހައްޓައި، އެންމެ ނުފޫޒާއި ބާރު ގަދަ ޤައުމަށް ވުމަށް ޤައުމުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަމުން އައި އެމެރިކާއަކީ މިހާރު ދުނިޔެއިން އެންމެ ގިނަ މީހުން މިބައްޔަށް ފައްސިވެފައިވާ އަދި މަރުވެފައި ވެސްވާ ޤައުމެވެ.
ކޮވިޑް-19 އެމެރިކާ ،12 އޭޕްރިލް 2020، ދިވެހިރާއްޖެ ގަޑި، ހެނދުނު 6:30 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު)
- ފައްސިވި މީހުންގެ ޢަދަދު: 532,879
- މަރުވި މީހުންގެ ޢަދަދު: 20,577
- ރަނގަޅުވި މީހުންގެ ޢަދަދު: 30,453
އެންމެ ގިނަމީހުން ރަނގަޅު ވަމުންދަނީ ސްޕެއިނުން
ސްޕޭނަކީ ކޮވިޑް-19 އެންމެ ގިނައިން ޖެހުނު މީހުން ދެވަނައަށް ތިބި ޤައުމެވެ. ނަމަވެސް އެ ޤައުމު ފާހަގަ ކުރެވިގެންދަނީ ބަލި ޖެހޭ މީހުންގެ ނިސްބަތުން އެންމެ ގިނައިން ފަސޭހަކުރާ ޤައުމުގެ ގޮތުގައެވެ. އެންމެ ގިނަ މީހުން މިހާތަނަށް ބަލިން ރަނގަޅުކޮށްފައިވަނީ ބަލި ފެތުރެން ފެށި ޗައިނާއިން ކަމަށް ވިޔަސް، ޗައިނާ މިހާރު ބަލަނީ ބަލި ކޮންޓްރޯލް ކޮށްފައިވާ ޤައުމެއްގެ ގޮތުގައެވެ. ޗައިނާއިން ވަނީ މިބަލި ޖެހުނު 82,052 މީހުންގެ ތެރެއިން 77,575 ރަނގަޅުކޮށްފައެވެ. ސްޕެއިނުންވަނީ އެ ޤައުމުން ބަލިޖެހުނު 163,027 މީހުންގެ ތެރެއިން 59,109 މީހުން ރަނގަޅު ކޮށްފައެވެ.
ކޮވިޑް-19 ސްޕެއިން ،12 އޭޕްރިލް 2020، ދިވެހިރާއްޖެ ގަޑި، ހެނދުނު 6:30 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު)
- ފައްސިވި މީހުންގެ ޢަދަދު: 163,027
- މަރުވި މީހުންގެ ޢަދަދު: 16,606
- ރަނގަޅުވި މީހުންގެ ޢަދަދު: 59,109
ދެވަނައަށް އެންމެ ގިނަ މަރު އިޓަލީއިން
ކޮވިޑް-19 އިޓަލީ ،12 އޭޕްރިލް 2020، ދިވެހިރާއްޖެ ގަޑި، ހެނދުނު 6:30 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު)
- ފައްސިވި މީހުންގެ ޢަދަދު: 152,271
- މަރުވި މީހުންގެ ޢަދަދު: 19,468
- ރަނގަޅުވި މީހުންގެ ޢަދަދު: 32,534
ބައްޔަށް ފައްސިވި މީހުން ހަތަރު ވަނައަށް އެންމެ ގިނައީ ފްރާންސްގައި
ކޮވިޑް-19 ފްރާންސް ،12 އޭޕްރިލް 2020، ދިވެހިރާއްޖެ ގަޑި، ހެނދުނު 6:30 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު)
- ފައްސިވި މީހުންގެ ޢަދަދު: 129,654
- މަރުވި މީހުންގެ ޢަދަދު: 13,832
- ރަނގަޅުވި މީހުންގެ ޢަދަދު: 26,391
ޖަރުމަނު: ބަލި ޖެހުނު ނިސްބަތާއި ބަލާފައި މަރުވާ މީހުންގެ ޢަދަދު ކޮންޓްރޯލްކުރެވި، ގިނަ ބަޔަކު ރަނގަޅު ކުރަމުން
ކޮވިޑް-19 ފްރާންސް ،12 އޭޕްރިލް 2020، ދިވެހިރާއްޖެ ގަޑި، ހެނދުނު 6:30 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު)
- ފައްސިވި މީހުންގެ ޢަދަދު: 125,452
- މަރުވި މީހުންގެ ޢަދަދު: 2,871
- ރަނގަޅުވި މީހުންގެ ޢަދަދު: 57,400
ކޮވިޑް-19 ޖެހޭ ނިސްބަތް އިތުރުވަމުން ދާ ގޮތް
- 2020 ޖެނުއަރީ 19، 100 މީހުން
- 2020 ޖެނުއަރީ 24، 1،000 މީހުން
- 2020 ފެބްރުއަރީ 12، 50،000 މީހުން
- 2020 މާރިޗް 6، 100،000 މީހުން
- 2020 މާރިޗް 18، 200،000 މީހުން
- 2020 މާރިޗް 21، 300،000 މީހުން
- 2020 މާރިޗް 24، 400،000 މީހުން
- 2020 މާރިޗް 28، 600،000 މީހުން
- 2020 މާރިޗް 29، 700،000 މީހުން
- 2020 މާރިޗް 31، 800،000 މީހުން
- 2020 އޭޕްރިލް 1، 900،000 މީހުން
- 2020 އޭޕްރިލް 2، 1،000،000 މީހުން
- 2020 އޭޕްރިލް 3، 1،100،000 މީހުން
- 2020 އޭޕްރިލް 4، 1،200،000 މީހުން
- 2020 އޭޕްރިލް 6، 1،300،000 މީހުން
- 2020 އޭޕްރިލް 8، 1،500،000 މީހުން
- 2020 އޭޕްރިލް 10، 1،600،000 މީހުން
- 2020 އޭޕްރިލް 11، 1،700،000 މީހުން
ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 މިހާރުވަނީ ދުނިޔޭގެ އެކި ބައްރުން 210 ޤައުމަކަށާއި ސަރަޙައްދަކަށް ފެތުރިފައެވެ. މިބައްޔަށް ދުނިޔެއިން މިހާތަނަށް 1,779,099 މީހުން ފައްސިވެފައިވާ އިރު ރަނގަޅުވެފައިވަނީ 402,709 މީހުންނެވެ. އަދި ދުނިޔެއިން މިބަލީގައި 108,770 މީހުން ވަނީ މިހާތަނަށް މަރުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!