ކޮވިޑް 19 އާއި ގުޅިގެން ހޯރަފުށީ ކައުންސިލުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖެއިން ބޭރުގައި ތިއްބެވި ހޯރަފުށީ ރައްޔިތުންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތްތައް އެ ކައުންސިލުން ފަށައިފިއެވެ.
އެކަމާއި ގުޅިގެން ހޯރަފުށީ ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނީ ކޮވިޑް-19 އާއި ގުޅިގެން ހޯރަފުށީ ރައްޔިތުންގެ ތެރެއިން ރާއްޖެއިން ބޭރުގައި (ބޭރުޤައުމުތަކުގައި) ދިރިއުޅެމުންދާ ފަރާތްތަކާއި، ތަޢުލީމް ހާޞިލުކުރުމަށާއި އަދި އެނޫންވެސް އެހެން ބޭނުންތަކުގައި ތިއްބެވި ހޯރަފުށީގެ ރައްޔިތުންގެ ދަފްތަރު އެކުލަވާލުމަށް ބޭނުންވާކަމަށެވެ.
މިފަދަ ދަފްތަރެއް އެކުލަވާލުމަކީ ވަރަށް މުހިއްމު އަދި އެހާމެ ބޭނުންތެރި ކަމެއްކަމުގައި
ދެކޭކަމަށާއި، މި ދަފްތަރުގެ ސަބަބުން ޚާއްސަ ގޮތެއްގައި ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއިން ބޭރުގައި ތިބި ހޯރަފުށީގެ
ރައްޔިތުންނަށް ދިމާވެފައިވާ ތަފާތު މައްސަލަތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާ އެމަސައްލަތަކަށް އަވަސް
ޙައްލެއް ހޯދައިދިނުމަކީ އެކައުންސިލާއި ކޮވިޑް-19 ހޯރަފުށީ ޓާސްކްފޯސްގެ ޒިންމާ އެއްކަމުގައި ދެކޭކަމަށްވެސް އެޢިއުލާނުގައި ވެއެވެ.
އެޢިއުލާނުގައި އިތުރަށް ބުނެފައިވަނީ އެރައްޔިތުންނަށް ދިމާވާ ދަތިތައް ޙައްލުކުރުމަށް މަސައްކަތް ކުރުމަކީވެސް ހޯރަފުށީ ކައުންސިލުގެ ވާޖިބެއްކަމުގައި ދެކޭ ކަމަށެވެ.
ހޯރަފުށީ ކައުންސިލުންއަންނަނީ ކޮވިޑް-19 އާއި ގުޅިގެން ހަރަކާތްތެރިކަމާއިއެކު، ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!