ހުން އައުމާއެކު ކޮވިޑް-19 އިގެ އަލާމާތްތައް އިތުރުވެފައިވާތީ އިތުރު ޓެސްޓުތައް ހަދައި ފަރުވާ ދިނުމަށް ލަންޑަން ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައިވާ އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަންގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.

އުމުރުން 55 އަހަރުގެ އިނގިރޭސި ބޮޑު ވަޒީރު އެޑްމިޓުކޮށްފައި ވަނީ، ޑޮކްޓަރުގެ ލަފާގެ މަތީން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އާދީއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

Ad
rt

ބޮޑުވަޒީރުގެ ހާލު ސީރިއަސް ވާން ފެށީ އިއްޔެގެ މެންދުރުން ފެށިގެންނެވެ. އެމަނިކުފާނު އައިސީޔޫއަށް ބަދަލުކުރީ ރޭގެ ވަގުތެއްގައެވެ.

ބޮޑުވަޒީރު ހޮސްޕިޓަލުގައި އޮންނެވި ނަމަވެސް، ސަރުކާރު ހިންގުމުގެ ކަންކަމުގައި ބޮޑުވަޒީރު އުޅުއްވާނެކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވި ފަހުން، ބޮރިސް ޖޯންސަން މަސައްކަތް ކުރައްވަމުން ގެންދެވީ އެމަނިކުފާނުގެ ގެކޮޅުގައި ހުންނަވައިގެންނެވެ.

އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މިދިޔަ މާރިޗް މަހުގެ 27 ވަނަ ދުވަހުއެވެ.

އެ ޤައުމުގައި މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 51،608 އަށް ވަނީ އަރާފައެވެ. އޭގެ ތެރެއިން މިހާތަނަށް 53،73 މީހުން ވަނީ މަރުވެފަ އެވެ.