މިހާތަނަށް ދުނިޔޭގައި 1918 ބަލިމަޑުކަމެއް އެކިފަހަރުމަތިން ފެތުރި، ގާތްގަނޑަކަށް 50 މިލިއަނެއްހައި މިހުންވަނީ މިބަލިތަކުގެ ސަބަބުން މަރުވެފައެވެ. އެބޯލާ، ނިފާ، ސާރސް އަދި މާރަސް ފަދަ ރޯގާ ތަކަކީ ގާތްގަނޑަކަށް 30 ވަރަކަށް ޤައުމަށް ތަހައްމަލު ކުރަން ޖެހުނު ރޯގާތަކެވެ.

މިފަދަ އިތުރު ވައިރަސް އަދި ބަލިމަޑުކަމެއް މުޅިދުނިޔެއަށް ފެތުރޭނެ ކަމަށް ބައެއް މަޝްޙޫރު ފަރާތްތަކުން މެދުކެނޑުމެއްނެތި ބުނަމުން އައެވެ. އޭގެ ތެރެއިން އެކަކަކީ މައިކްރޯސޮފްޓުގެ ބާނީ ބިލްގޭޓްސްއެވެ. ވައިޓް ހައުސްގެ ކުރީގެ އޮފިޝަލުންނާއި ޕޮޕް ކަލްޗަރގެ ފަރާތް ތަކުންވެސް ބައެއް މީހުން މިކަމަށް ސަމާލުވުމަށް ގޮވަމުންދިޔައެވެ. ނަމަވެސް ވަގުތު އައިސް ޖެހުނު އިރު އެނގިގެން ދިޔައީ ދުނިޔެ އޮތީ ބަލިމަޑުކަމަކަށް ތައްޔާރަށް ނޫންކަމެވެ. ދުނިޔެ ޕެންޑަމިކަކަށް ދިއުމުން އެންމެ ބޮޑު ތަކުލީފެއް ނުވަތަ ބޮޑު އަސަރެއް ކުރީ ތަރައްޤީވެފައުވާ ޤައުމު ތަކުންނެވެ.

Ad
rt

އެގޮތުން މިފަދަ ކަމެއް ކުރިމަތި ވެދާނެކަމަށް ކުރިންސުރެއް ބުނަމުންއައި ފަރާތްތައް ތިރީގައި ހިއްސާކޮށްލާނަމެވެ.

1. މައިކްރޯ ސޮފްޓްގެ ބާނީ ބިލް ގޭޓްސް

2015 ވަނަ އަހަރުގެ" ޓެޑް ޓޯކް" ގައި ބިލްގޭސްޓްސް ވަނީ ދެން އަންނަން އޮތް ބަލިމަޑު ކަމަށް ދުނިޔެ ތައްޔާރު ނޫންކަމަށް ބުނެފައެވެ. 2018 ވަނަ އަހަރު މެސެޝޫސެޓްސް މެޑިކަލް ސޮސައިޓީ އަދި އިންގްލޭންޑް
ޖަރނަލް އޮފް މެޑިސިން އިން ގައި ވާހަކަ ދައްކަމުންވެސް ބިލްގޭޓްސް ވަނީ ކުރިއަށް އޮތް ގަރުނުގައި ބަލިމަޑުކަމެއް ފެތުރިދާނެކަމަށް ބުނެ އެކަމަށް ތައްޔާރުވެ ތިބުމަށް ގޮވާލާފައެވެ.

2. އިންފެކްޝަސް ބަލިތަކުގެ މާހިރު މައިކަލް އޮސްޓަރހޮމް

ސީއެންއެންއިން ހާމަ ކޮށްފައިވާގޮތުން 2005 ވަނަ އަހަރު ފޮރިން އެފެއަރޒް މަޖައްލާއެއްގައި މިފަދަ ބަލި ދިރާސާކުރާ މާހިރެއް ކަމުގައިވާ މައިކަލް އޮސްޓަރހޮމް ވަނީ ވަގުތު އަންނަނީ ކުޑަތަން ވަމުން ކަމަށާއި މިހާރުން ފެށިގެން މުސްތަގުބަލުގައި އަންނަން އޮތް ބަލިމަޑު ކަމަށް ތައްޔާރުވާންވެއްޖެ ކަމަށް ގޮވާލާފައެވެ. މީގެ އިތުރުން 2017 ވަނަ އަހަރު މައިކަލް ލިއުނު ފޮތް ކަމުގައިވާ "ޑެޑްލިއަސްޓް އެނެމީ: އަވަރ ވޯރ އެގެއިނސްޓް ކިލަރ ޖަރމް" ގައި ވަނީ އެމެރިކާ ބަލިމަޑުކަމަށް ތައްޔާރު ނޫންކަމުގައި ހާމަކޮށްފައެވެ.

3. ވައިރޮލޮޖިސްޓް އަދި ރޯގާތަކުގެ މާހިރު ރޮބަރޓް ޖީ ވެބްސްޓަރ

ރޯގާ ތަކާއި ވައިރަސް ދިރާސާ ކުރަމުން އަންނަ މާހިރެއް ކަމުގައިވާ ރޮބަރޓް ޖީ ވެބްސްޓަރ ވަނީ އޭނާ ލިއެފައިވާ "ފްލޫ ހަންޓަރ: އަންލޮކިންގ ދަ ސީކްރެޓްސް އޮފް އަ ވައިރަސް" ކިއާ ފޮތުގައި ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރޭނެ ކަމަށް ބުނެފައެވެ. އަދި މިލިއަނެއްހާ މީހުން މިފަދަ ވައިރަސް އަކުން މަރުވެދާނެ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި ތައްޔާރަށް ތިބުމަށްވެސް ވަނީ ބުނެފައެވެ.

4. އެމެރިކާގެ އިންޓެލިޖަންސް ޓީމް

2018 ވަނަ އަހަރު އެމެރިކާގެ އިންޓެލިޖެންސްގެ ވޯލްޑް ވައިޑް ތްރެޓް އެސެސްމަންޓް އިން އިންސާނުންނަށް ނުރައްކާވާފަދަ ގައިންގަޔަށް ފެތުރޭ ބަލިމަޑުކަމެއް އުފެދިދާނެ ކަމުގެ ބިރުއޮތްކަމަށް ބުނެފައިވާކަމަށް ސީއެންއެންގެ ޑެނިއަލް ޑޭލް ވަނީ ރިޕޯރޓް ކޮށްފައެވެ. އަދި 2019 އަހަރު ޖެނުއަރީގައި ވަނީ މިފަދަ ބަލިމަޑުކަމެއް އެމެރިކާ އަދި މުޅިދުނިޔެއަށް ފެތުރިއްޖެ ނަމަ އެތައް ބަޔަކަށް ބަލިޖެހި، އެތައް ބަޔަކު މަރުވެ ދުނިޔޭގެ އިގްތިސޯދު ދަށަށް ދާނެކަމަށްވެސް ބުނެފައެވެ.

5. އޫއެސްއޭއައިޑީގެ ކުރީގެ ޑިރެކްޓަރ ޖެރެމީ ކޮނީންޑައިކް

ޖެރެމީ ކޮނީންޑައިކް ވަނީ 2017 ވަނަ އަހަރު ޕޮލިޓިކޯގެ ލިއުމެއްގައި ދުނިޔެއަށް ބަލިމަޑުކަމެއް ކުރިމަތި ވެދާނެކަމުގެ ފުރުސަތު އޮތްކަމުގައި ބުނެފައެވެ. ކުރިއަތް އޮތްތާގާއި ހަލުވިކަމާއި އެކު ފެތުރޭ އަދި ނުރައްކާތެރި ވައިރަސް އެއް ދުނިޔެއަށް ފެތުރުން އެކަށީގެން ވާކަމަށާއި އެމެރިކާގެ ރައީސް ހުންނެވީ މިފަދަ ހާލަތަކަށް ތައްޔާރަށް ނޫންކަމަށް ވެސް ބުނެފައެވެ.

6. އެންއެސްސީ ޓީމް މެމްބަރ ޑރ ލޫސިއާނާ ބޯރިއޯ

އެމެރިކާގެ ވައިޓްހައުސްގެ ކުރީގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލް ޓީމްގެ ޕެންޑެމިކްތަކާއި ބެހޭ ޓީމްގެ މެމްބަރު ޑރ ލޫސިއާނާ ބޯރިއޯ 2018 ވަނަ އަހަރު ވަނީ މުޅިދުނިޔެއަށް ބަލިމަޑުކަމެއް ފެތުރިއްޖިނަމަ އެފަދަ ހާލަތަކަށް މިތިބީ ތައްޔާރަށް ނޫންކަމަށް ބުނެފައެވެ. އަދި ފަހުން ޑޮނަލްޑް ޓަރަމްޕްގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޖޯން ބޯލްޓަން ވަނީ އެންއެސްސީގެ ޓީމު އަލުން އެކުލަވާލާފައެވެ.

7. މެސަޝޫސެޓްސް ގެ ޕަބްލިކް ހެލްތުގެ އޮފިޝަލުން

2006 ވަނަ އަހަރުގެ ޕެންޑަމިކްތަކަށް ތައްޔާރުވުމަށް ބޭއްވި ޕްލޭންގައި މެސެޝޫސެޓްސް ގެ ޕަބްލިކް ހެލްތުން ވަނީ މުޅިދުނިޔެއަށް ފެތުރޭ ބަލިމަޑުކަމެއްގެ ސަބަބުން 2 މިލިއަނެއްހައި މީހުން ބަލިވުން އެކަށީގެންވާ ކަމަށް ބުނެ މިކަމަށް ތައްޔާރުވުމަށް އެޅޭނެ ފިޔަވަޅުތަކާއިމެދު މަޝްވަރާކޮށްފައެވެ. އެމިހުން ލަފާކުރި ގޮތުގައި 1 މިލިއަނެއްހައި މީހުންނަށް ރޯގާގެ ސަބަބުން ފަރުވާ ދޭނެ ޖެހޭނެއެވެ. އަދި 80،000 މީހުންނަށް ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދޭނެޖެހިދާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

8. ވާހަކަ ލިއުންތެރިއާ ޑީން ކޫންޓްޒް

ޑީން ކޫންޓްޒް ލިއެފައިވާ "ދަ އައިޒްއޮފް ޑަރކްނަސް" ގައި "ވުހާން-400" ނަމަކަށް ކިއާ ވައިރަސް އެއް ޗައިނާއިން ފެތުރެން ފަށާކަމަށް ލިއެފައިވެއެވެ. ނަމަވެސް މިވައިރަސް އާއި މިހާރު ފެތުރެމުންއަންނަ ކޮވިޑް-19 ވައިރަސް އެތައްގުނައެއް ތަފާތުކަމަށް ސީއެންއެންގެ ހަރމީތް ކައުރްވަނީ ބުނެފައެވެ.

9. ސިލްވިއާ ބްރޯނީ

ސައިކިކް ބާރުތަކެއް ހުންނަ ކަމަށް އަމިއްލައަށް ބުނަމުންއަންނަ ސިލްވިއާ ބްރޯނީ އޭނާ 2008ގައި ލިއެފައިވާ "އެންޑް އޮފް ޑޭޒް: ޕްރެޑިކްޝަންސް އެންޑް ޕްރޮފެސީސް އަބައުޓްދަ އެންޑް އޮފް ދަ ވޯރލްޑް" ގައިވަނީ 2020 ވަނަ އަހަރުގައި ނިއުމޯނިއާފަދަ ނޭވާލާ ނިޒާމަށް ޖެހޭ ވައިރަސް އެއް ފެތުރޭނެކަމަށް ބުނެފައެވެ. މިހާރު ބްރޯނީ މަރުވެފައިވީ ނަމަވެސް ދިރާސާ ކުރާ ގިނަމީހުން ބުނަމުން އަންނަނީ ސިލްވިއާގެ ވާހަކަ ތަކަކީ ތެދެއް ނޫންކަމަށް ބުނެފައެވެ.

10. ޑައިރެކްޓަރ އަދި ސްކްރީންވްރައިޓަރ ސްޓީވަން ސޮޑަރބަރގް

2011 ވަނަ އަހަރު ސްޓީވަން ސޮޑަރބަރގް ޑައިރެކްޓު ކުރި ފިލްމު "ކޮންޓޭޖިއަން" ގައި ވަނީ މެވް-1 ނަމަކަށް ކިއާ ވާލުން އޫރަށް އަދި އޫރުން އިންސާނުންނަށް ޖެހޭ ބަލިމަޑުކަމެއްދައްކުވާފައެވެ. މިފިލްމިގައި ވެސް ބަލި ފެތުރެން ފަށަނީ އަތް ނުދޮވެ ސަލާމް ކުރަން ފެށުމުންނެވެ. މިފިލްމުގައި ފެންނަ ވައިރަސްގެ އިންކިއުބޭޝަން ވަގުތަކީ 72 ގަޑިއިރެވެ. އަދި މިވައިރަސް ޖެހިގެން ގިނަ މީހުން މަރުވެ މުޅި ދުނިޔެ ހުއްޓުމަކަށް އާދެއެވެ. އަދި ފިލްމު ނިމިގެން ދަނީ އެބައްޔަށް ވެކްސިނެއް ހޯދި ދުނިޔޭގެ އެންމެނަށް އެ ވެކްސިން ޖަހައި ސަލާމަތުގެ އައްސޭރިއަކަށް ދިއުމުންނެވެ.