ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރުގެ އެންގެވުމާއި ޚިލާފަށް ބޭރަށް ނުކުމެ އުޅުން މަނާ ގަޑީގައި، އެ އެންގުމާއި ޚިލާފަށް މަގުމައްޗަށް ނުކުންނަ މީހުންނަށް ނަސޭހަތް ދީ، އެކަން ތަކުރާރު ވާނަމަ ޖޫރިމަނާ ކުރެވޭނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިރޭ ނެރުނު އިއުލާނުގައި ބުނީ މިއަދުން ފެށިގެން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އަމުރު ތަންފީޒު ކުރަމުން ދާނެ ކަމަށެވެ. އެގޮތުން ކާފިއު ހިންގާ ގަޑީގައި ބޭރުގައި އުޅޭ މީހުންނާއި، ތިން މީހުންނަށް ވުރެ ގިނަމީހުން އެއްކޮށް ބޭރުގައި އުޅޭ ނަމަ ނަސޭހަތް ދީ އިސްލާހު ނުކޮށްފި ނަމަ ޖޫރިމަނާ ކުރާނެ ކަމަށެވެ. ޖޫރިމަނާ ކުރަނީ 1000 ރުފިޔާއިން ކަމަށް ފުލުހުން ބުންޏެވެ.
Press Statement: PMC/2020/09
Covid-19 aa gulhigen @HPA_MV in nerefaiva iulaan no: 2020/28 aa gulheygothun fuluhun nerey noos bayaan.#FuluhungeNoosBayaan#MPSNoosBayaan#COVID19Maldives#IjthimaaeeGaiDhurukurun pic.twitter.com/HqFOyBN4Ok— Maldives Police (@PoliceMv) April 1, 2020
އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަށްވާފައިވާ މިދަނޑިވަޅުގައި ހުރިހާ މީހުންވެސް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް އެންގުމާއި އެއްގޮތަށް އަމަލު ކުރުމަށާއި، އިޖުތިމާއީ ގައިދުރުކަމަށް އިސްކަން ދެއްވުމަށް ފުލުހުން އިލްތިމާސް ކުރަށްވައެވެ.
މާލެ ސިޓީގައި މިއަދުން ފެށިގެން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަކި ގޮތެއް އަންގަންދެން ހަވީރު 5 އިން ރޭގަނޑު 8 ކަށް މަގުމައްޗަށް ނިކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާވާނެއެވެ.
ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އަމުރާ ހިލާފުވުމަކީ ގާނޫނީ ކުށެކެވެ. އެފަދަ އަމުރުތަކާ ހިލާފަށް މީގެ ކުރިން އަމަލުކޮށްފައިވާ ފަރާތްތައް ވަނީ ހައްޔަރުކޮށް ބަންދުގެ މުއްދަތުވެސް ޖަހާފަ އެވެ. އަދި އެއް ފަރާތެއްގެ މައްޗަށް ދައުވާވެސް ކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!