ބާދުޝާހު ބޯޓު އިންޖީނު ހުއްޓިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެހީތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ 25 މީހުނާ އެކު ހދ. ކުޅުދުއްފުށި ސިޓީ އިން ފުރައިގެން މާލެ ދަތުރުކުރި “ބާދުޝާޙް ބޯޓް” ކ.ގާފަރުގެ އުތުރުން 4 މޭލު ބޭރުން އިންޖީނު ހުއްޓިގެން އެމްއެންޑީއެފްގެ މާލެ އޭރިޔާ ކޯސްޓް ގާރޑްއިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާކަމަށެވެ.
އެބޯއްޓުން ވާހަކަ ދެއްކި މީހަކު ބުނީ މިހާރު އެމްއެންޑީއެފްގެ ކޮޅުވެއްޓިއެއްގެ އެހީތެރިކަމާއި އެކު ގާފަރަށް ކައިރި ކުރުމުން އަންނަ ކަމަށެވެ.
25 meehunaa eku HDH.Kulhudhuffushin furaigen Male’ dhathurukuri “Baadhshaah Boat” K.Gaafaruge uthurun 4NM beyrun engine huttigen MNDF Male’ Area Coast Guard Squadron in eheetherikan foarukohdheyn fashaifi. Mi haadhisaage mauloomath MNDF CG MRCC ah libifaivanee mirey 03:15 haairu
— Maldives National Defence Force (@MNDF_Official) March 31, 2020
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފްގެ ކޯސްޓް ގާރޑްއަށް ލިބިފައިވަނީ މިރޭ 03:15 ހާއިރު ކަމަށް އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް ޢާޒިމް ވިދާޅުވިއެވެ.
ބާދު ޝާހު ބޯއްޓު މާލެ ދިއުމަށް ކުޅުދުއްފުށިން ފުރާފައިވަނީ އިއްޔެ 16:30 އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!