ކޮވިޑް-19 އާއި ގުޅިގެން ތިލަދުންމަތީ އުތުރުބުރީ (ހއ) އުލިގަމުގައި ސޯޝަލް ސަޕޯޓް ޑެސްކެއް ގާއިމު ކޮށްފިއެވެ.

އުލިގަމު ކައުންސިލްގެ އިދާރާއިން ކޮށްފައިވާ ޢިއުލާނެއްގައި ބުނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއިގުޅިގެން ރާއްޖޭގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރުމާއިގުޅިގެން ރަށު ފެންވަރުގައި މަސައްކަތް ތަކެއް ކުރެވެމުން ދާކަމަށެވެ.

Ad
rt

އެގޮތުން ހޯމް އައިސޮލޭޝަން (ގޭގައި އެކަހެރިވެހުރުން) ނުވަތަ ހޯމް ކަރަންޓީން ކުރަންޖެހިއްޖެ ހާލަތެއްގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް ސޯޝަލް ސަޕޯޓް ޑެސްކެއް އެރަށުގައި ގާއިމު ކޮށްފައިވާ ކަމަށް އެ ޢިއުލާންގައި ވެއެވެ.

އެހެން ކަމުން އެފަދަ ހާލަތެއް މެދުވެރި ވެއްޖެނަމަ، އެކައުންސިލްގެ ހޮޓްލައިން ނަންބަރު 9517605 އަށް ގުޅުއްވުމަށް ނުވަތަ އެކައުންސިލްގެ އީމެއިލް މެދުވެރި ކުރަށްވައި މަޢުލޫމާތު ހިއްސާކޮށް ދެއްވުމަށް އެކައުންސިލުން އެދިފައިވެއެވެ.

އުލިގަމު ކައުންސިލުން އުފަށްދާފައިވާ ކޮވިޑް-19 ރަށު ޓާސްކްފޯސްގެ ފަރާތުން އަންނަނީ އެރަށުގައި ދިރިއުޅޭ މީހުން ހޭލުންތެރި ކުރުވުމަށް މަސައްކަތްތަކެއްކޮށް، ރައްޔިތުންގެ ރަށްކަލަށް ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން އެ ޓާސްކް ފޯހުންވަނީ މާރިޗް 12 ދުވަހު އެރަށުގެ ރައްޔިތުންނާއިވެސް ބައްދަލު ކޮށްފައިއެވެ.