ކުޅުދުއްފުށީގައި ކާޑު ވިއްކުން ކޮންޓްރޯލުކޮށް، މީހަކަށް 10 ކިލޯ ހަނޑުލާއި 5 ކިލޯ ފުއް އަދި 2 ކިލޯ ހަކުރު ވިއްކަން ކުޅުދުއްފުށި ސިޓީގެ އެސްޓީއޯ ކާޑު އެޖެންޓް މިތުރު ކޮމްޕެނީން ނިންމައިފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ކާޑުގެ ބާވަތްތައް ރާއްޖެ ގެނައުމުގައި ހުރި ދަތިތަކާ ހެދި ކުޅުދުއްފުށީގައި ކާޑުގެ ބާވަތްތައް ކޮންޓްރޯލްކޮށްގެން ވިއްކަން ފަށާފައިވަނީ ކާޑުގެ ބާވަތްތައް ވިއްކަން ފަށާފައިމިވަނީ ކާޑު ބޭނުންވާ ހުރިހާ ފަރާތްތަކަށް ކާޑު ހުސްނުވެ ފޯރުކޮށްދިނުމަށްށެވެ.

Ad
rt

މިތުރު ކޮމްޕެނީގެ ވެރިޔާ މުހައްމަދު ޒުހެއިރު ކޭއޯއަށް ދީފައިވާ ބަސްދީގަތުމެއްގައި ބުނެފައިވަނީ، ސްޓޮކް މަދުވުމުން ކިލޯއިން ވިއްކުމުގެ އެންމެ ބޮޑު ބޭނުމަކީ ބޭނުންވާ ވީހާވެސް ގިނަ ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށާ، ކޮންޓްރޯލްކޮށްގެން މިވަގުތު ވިއްކުމަށް އެސްޓީއޯއިންވެސް ބާރު އަޅާ ކަމަށެވެ.

ކުޅުދުއްފުށި ސިޓީގެ އެސްޓީއޯ ކާޑު އެޖެންޓް މިތުރު ކޮމްޕެނީން ކުޅުދުއްފުށި ސިޓީން ކާޑު ހުސްނުވެ ލިބޭނެކަމަށާއި ބައެއް ފަރާތްތަކުން ގިނަ އަދަދަކަށް ކާޑު ނެގުމުން ސްޓޮކްއަށް އަންނަ ބަދަލާ ގުޅިގެން ވިއްކާ މިންވަރަށް ބަދަލު ގެންނަ ކަމަށެވެ. އެގޮތުން މިހާރު ކާޑުގެ ބާވަތްތައް ވިއްކަމުން ގެންދަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކުރަމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން ގިނަ ބަޔަކު ބޭނުންވާ ވަރަށް ވުރެއް ގިނައިން ކާޑު ގަނެ ގޭބިސީތަކުގައި ރައްކާކުރުމުގެ ސަބަބުން ކާޑުގެ ސްޓޮކް ވަނީ ހުސްވެ، ދަތިތަކާ ކުރިމަތިވެފަ އެވެ. ނަމަވެސް ސަރުކާރުން ދަނީ ކާޑުގެ ބާވަތްތައް ހުސްނުވެ ރާއްޖެއިން ލިބޭނެ އިންތިޒާމްތައް ހަމަޖައްސަމުންނެވެ.

އާންމު މަސްމަހު ކާޑު ވިއްކާ މިންވަރާ އަޅާ ބަލާއިރު މިމަހު ކުޅުދުއްފުށިން ކާޑު ވިއްކި އަދަދު ވަނީ ދެގުނައަށް އިތުރުވެފައެވެ. އަދި އޭޕްރީލްމަހު ފުރަތަމަ ދުވަހުވެސް ކާޑުގެ ސްޓޮކެއް ކުޅުދުއްފުއްޓަށް ލިބޭނެ ކަމަށް އަދި ލިބޭވަރަކަށް ކޮންޓްރޯލް ދޫކޮށްލަމުންދާނެ ކަމަށް އެފަރާތުން ހާމަކުރެއެވެ.