•  
  •  
  •  
  •  
  •  
  •  
  •  

ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ދިވެއްސެއް ނޫންކަމަށް ސަރުކާރުން ބުނެފިއެވެ.

މިކަން ހާމަކުރީ މިހާރު ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިޔަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒްއެވެ.

އެކަމާއި ގުޅިގެން މަބްރޫކް ވިދާޅުވީ ޔޫއޭއީ ސަރުކާރުން ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް އެކަމުގެ މަޢުލޫމާތު ޙިއްސާ ކޮށްފައުިވާކަމަށެވެ. އެގޮތުން އެމީހާއަކީ ދިވެއްސެއް ނޫންކަން މިހާރު ޔަގީން ކުރެވިފައިވާކަމަށް މަބުރޫކް ވިދާޅުވިއެވެ.

ޔޫއޭއީއިން ދިވެއްސަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެކަމަށް މެދުއިރުމަތީގެ ބައެއް ނޫސްތަކުން ބުނެފައިވަނީ މިމަހުގެ 24 ވަނަ ދުވަހުގައެވެ. ޔޫއޭއީގެ ހެލްތު މިނިސްޓްރީގެ ވެބްސައިޓްގައި އެ ޤައުމުން ކޮވިޑް-19 ޖެހުނު ޤައުމުތަކުގެ ލިސްޓްގައިވެސް ރާއްޖޭގެ ނަން ހިމެނުނެވެ. އެޚަބަރު ނޫސްތަކުން ރިޕޯޓުކުރީ، އެމަސްދަރުތަކަށް ބަލައިގެންނެވެ. 

އެކަމާއި ގުޅިގެން ފޮރިންގ މިނިސްޓްރީން، އެކަމުގެ މައުލޫމާތު ހޯދުމަށް ކުރިމަސައްކަތުން އެއީ ދިވެއްސެއްކަމަށް ނުބެލެވޭކަމަށް ސަރުކާރުން ހާމަކޮށްފައިވާއިރު، އިނގިރޭސި ވިލާތުގައި ދިރިއުޅޭ ދިވެއްސަކުވެސް ޕޮޒިޓިވް ވެފައިވާކަމުގެ ޚާބަރުތައްވަނީ ލިބިފައެވެ. ނަމަވެސް ސަރުކާރުން އަދި އެކަން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް 16 މީހުން ޕޮޒެޓިވްވެ 11 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ.

ޚިޔާލު

Your email address will not be published.

More in ރާއްޖެ