ހއ. ކެލާ ސިއްޚީ މަރުކަޒުގައި ފަރުވާ ދެމުންދިޔަ އުމުރުން 80 އަހަރުގެ އަންހެނަކު އިތުރު ފަރުވާއަށް މާލެ ގެނެސްދިނުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ ހއ. ކެލާ ސިއްޚީ މަރުކަޒުގައި ފަރުވާ ދެމުންދިޔަ އުމުރުން 80 އަހަރުގެ އަންހެނަކު، ހާލު ބޮޑުވެ އިތުރު ފަރުވާއަށް އެމްއެންޑީއެފް ނޯތު އޭރިއާގެ އެހީތެރިކަމާއި އެކު މާލެ ގެނައުމަށް އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި މިހާރު ދަތުރު ފަށާފައިވާކަމަށެވެ.
އެ ހެލިކޮޕްޓަރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސަން ހަމަޖެހިފައިވަނީ މިރޭ 22:00 ގައެވެ.
އެކަމާއި ގުޅިގެން ކެލާ ދާއިރާގެ މަޖްލިސް މެމްބަރު އިބްރާޙީމް ޝަރީފް ވިދާޅުވީ، ނޭވާލާން އުނދަގޫވެ، އޮކްސިޖަން ހިފަހަށްޓަން އުނދަގޫވުމުން އެރަށު އުމުރުން ދުވަސްވީ ބަލި މީހަކު މާލެ ގެނައުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަށްވަމުންގެންދަވާ ކަމަށެވެ. އަދި ބަލި މީހާއަށް އަވަސް ޝިފާއެއް އެދޭ ކަމަށާއި، އެކަމުގައި އެއްބާރުލުން ދެއްވާ ހުރިހާ ފަރާތްތަކަށް، ޚާއްސަކޮށް އެމްއެންޑީއެފަށް ޝުކުރު ދަންނަވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!