އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. މިކަން ބޮރިސް ވަނީ އެބޭފުޅާގެ ޓްވިޓަރ މެދުވެރިކޮށް އިއުލާން ކުރައްވާފައެވެ.

ވީޑިއޯއެއް ހިމަނުއްވާ ކުރި ޓުވީޓުގައި ބުނެފައިވަނީ މިދިޔަ24 ގަޑިއިރުގެ ތެރޭގައި ރޯގާގެ އަސަރު ހުރުމުން ޓެސްޓު ކުރި ކަމަށާއި ނަތީޖާއަކީ ކޮވިޑް19 ޕޮޒިޓިވް ކަމަށް ބުނެފައިވެއެވެ.

Ad
rt

މިވަގުތު ހުންނެވީ ސެލްފް އައިސޮލޭޝަންގައި ހާމަކުރައްވަމުން ބުނެފައިވަނީި ކޮރޯނާ ވައިރަސް އާއި ހަނގުރާމަކުރަމުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮން ސަރުކާރު ހިންގުމުގައި ބައިވެރިވާނެކަމަށެވެ. އަދި ގޭގައި ތިބެގެން މަސައްކަތްކޮށް އެންމެން އެކީ މިކަމުން އަރައިގަނެވޭނެކަމަށް ބުނެފައިވެއެވެ.

ބޮޑު ވަޒީރުގެ އޮފީހުން ބުނީ ޖޯންސަން ކޮވިޑް 19 އަށް ޓެސްޓްކޮށްފައިވަނީ އިނގިރޭސި ވިލާތުގެ ޗީފް މެޑިކަލް އޮފިސަރު ޕްރޮފެސަރު ކްރިސް ވިޓީގެ ލަފާގެ މަތިންނެވެ.

ޖޯންސަން އެންމެ ފަހުން އާންމުންނަށް އާންމުންގެ ތެރެއިން ފެނިވަޑައިގަތީ އިއްޔެ އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތު ސާވިސް ގެ ސްޓާފުންނަށް ޝުކުރުއަދާ ކުރެއްވުމުގެ ގޮތުން އިނގިރޭސި ބޮޑުވަޒީރު ހުންނަވާ ގެކޮޅު ބޭރުންނެވެ.

އިނގިރޭސި ވިލާތުން މިބައްޔަަށް 11658 މީހަކު ޕޮޒިޓިވް ވެފައިވާއިރު 578 މީހުން ވަނީ މަރުވެފައެވެ. ރަނގަޅުވި މީހުންގެ އަދަދަކީ 135 މީހުންނެވެ.