ހައުސިން ލޯން ދެއްކުން 6 މަސް ދުވަހަށް އެޗް.ޑީ.އެފް.ސީ އިން ފަސްކޮށްދީފި

662F5D44-B616-416C-9057-D037DF5E4A39

ކޮރޯނާ ވައިރަސްގެ ސަބަބުން ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަނުން ދޫކޮށްފައިވާ ލޯނުތައް 6 މަހަށް ފަސް ކުރުމަށް އެކޯޕަރޭޝަނުން ނިންމައިފިއެވެ.

ކޮވިޑް-19 ގެ ސަބަބުން ފަރުދުންގެ ދިރިއުޅުމުގެ އާންމު ހާލަތައް ކުރިމަތިވެފައިވާ އިގުތިސާދީ ދަތިތަކުން އަރައިގަތުމަށް ޓަކައި ސަރުކާރުން ރާއްވަވައި ކުރިޔަށް ގެންދަވާ އިކޮނަމިކް ރިކަވަރީ ޕްލޭންގެ ދަށުން އެޗް.ޑީ.އެފްސީ އިން ވަނީ އެކުންފުނީގެ ހައުސިންގ ފައިނޭންސް ލޯނު ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ބޭނުންފުޅުވާ ފަރާތްތަކަށް މަހުން މަހަށް ފައިސާ އަނބުރާ ދެއްކުމުގެ މުއްދަތު 6 މަސްދުވަހަށް (1މާރިޗް -31 އޮގަސްޓު 2020) ފަސްކޮށްދިނުމަށް ނިންމާފައިކަމަށް އެކުންފުނިން މިއަދު ކުރި އިޢުލަނެއްގައި ވަނީ ބުނެފައެވެ.

މިގޮތުން 6 މަސް ދުވަހުގެ މުއްދަތައް ލަސްކުރަން އެދޭ ފަރާތްތަކުން އެޕްރީލް މަހުގެ 15 ގެ ކުރިން ލިޔުމުން ނުވަތަ އީމެއިލް އިން ([email protected]) ހުށަހެޅުއްވުން އެދޭކަމަށް އެފަރާތުން ހާމަ ކުރެއެވެ.

6 މަސްދުވަހުގައި އިންޓަރެސްޓް އަދި އަނބުރާ ދައްކަންޖެހޭ ފައިސާ ފަސްކޮށްދެވޭނެކަމަށާއި ނަމަވެސް މި 6 މަސް ދުވަސް ލޯނުގެ މުއްދަތުގެ ތެރެއަށް އިތުރުކުރެވޭނެކަމަށް (މިސާލަކަށް: 31 ޑިސެމްބަރ 2020 ގައި ނިމޭ ލޯނެއް ދެން ނިމޭނީ 30 ޖޫން 2021) ކަމަށް އެކުން ފުނިން ބުނެއެވެ.

6 މަސްދުވަހަށް ފަސްކޮށްދިނުމުގެ ފުރުސަތު ދެވޭނީ ލޯނު ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ގަވާއިދުން ފައިސާ ދައްކަމުން ދާ ފަރާތްތަކަށް ކަމަށާއި ގްރޭސް ޕީރިއަޑްގައި ހުރި ލޯނުތަކުން މި މުއްދަތުގައި އިތުރު ޕޭމަންޓް އެއް ނުނަގާ
ކަމުގައިވާނަމަ ފަސްކޮށްދިނުމަށް އެދެވިދާނެކަމަށް މިއަދު ކުރި އިޢުލާނުގައި ވެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކުންފުނީގެ ނަންބަރ 3334666 އަދި 3000112 އާއި ގުޅުއްވުމަށް އެކުންފުނިން ވަނީ އެދިފައެވެ.

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *