•  
  •  
  •  
  •  
  •  
  •  

މާލޭގައި ކާބޯތަކެތީގެ ހިދުމަތް ދިން 3 ތަނެއް ޖޫރިމަނާކޮށްފިކަމަށް ފުލުހުން ބުނެފިއެވެ.

ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ބަންދުކުރަން ސަރުކާރުން ނިންމާފައިވަނިކޮށް އެ ނިންމުމާ ހިލާފުވި ތިން ތަނެއް -/5000 ރުފިޔާއިން ޖޫރިމަނާކޮށްފިކަމަށަ ފުލުހުން ބުނެފައިވަނީ މިއަދުއެވެ.

ފުލުހުން ބުނީ ކާބޯތަކެތީގެ ހިދުމަތް ދީގެން ފުރަތަމަ ޖޫރިމަނާ ކުރީ މިމަހުގެ 22 ވަނަ ދުވަހު 1 ކެފޭކަމަށެވެ. އަދި މިމަހުގެ 24 ވަނަ ދުވަހު ކެފޭއެއް އަދި ރެސްޓޯރެންޓްއެއް ޖޫރިމަނާ ކުރެވިފައިވާކަމަށެވެ. މީގެ އިތުރުން މިމަހުގެ 20 ވަނަ ދުވަހު ޝީޝާ ބޮއެގެން 2 ކެފޭއެއްވެސް ޖޫރިމަނާކޮށްފައިވާކަމަށް ފުލުހުން މީޑިޔާއަށް މަޢުލޫމާތު ދެމުން ބުނެފައިވެއެވެ.

ކޮވިޑް 19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ރެސްޓޯރެންޓާއި ކެފޭ ފަދަ ތަންތަނުން ޝީޝާގެ ހިދުމަތްދިނުން މަނާކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. ސިއްޙީ ކުއްލި ހާލަތުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަށް ލިބިދޭ ބާރުގެ ދަށުން މާލޭގެ ކެފޭ ތަކުގައި ކެއިން ބުއިމުގެ ޚިދުމަތް ދިނުން ވަނީ މަނާކުރެވިފައެވެ.

1 ޚިޔާލު

  1. އަހަރެން ދެކޭގޮތުގައި މިފަދަ ދަނޑިވަޅުތަކުގައި ސަރުކާރުގެ ކަމާއިބެހޭފަރާތްތަކުން އަންގާއެންގުންތަކާ ޚިލާފުވީމަ ޖޫރިމަނާކުރި އަދަދުމަދު އަދި އެފަދަތަންތަން ޖެހޭނެ ބަނުކުރަން އެއީ އެފަދަ އެހެންފަރާތްތަކަށް އިބުރަތަކަށް….

Your email address will not be published.

More in ރާއްޖެ