ހެލްތު ދާއިރާއިން ކިޔަވަމުން އަންނަ ޕްރޮފެޝަނަލުން ވޮލަންޓިއާ ކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެދެފި އެވެ.
ކޮވިޑް19 ގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް ރޭ ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މަބުރޫކު އަޒީޒު ވިދާޅުވީ ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖޭގައިވެސް ކިޔަވަމުންދާ ހެލްތު ކެއާ ޕްރޮފެޝަނަލުން ވޮލަންޓިއާ ކުރުމަށް އެޗްޕީއޭއިން އެދިފައިވާ ކަމަށެވެ.
ވޮލަންޓިއަރުންނަށް ވާން ނަން ނޯޓު ކުރަން ހުޅުވާލާފައި ވަނީ ހެލްތު މިނިސްޓްރީގެ އޮންލައިން ފޯމެއް މެދުވެރިކޮށެވެ. އެ ފޯމު ފުރުމަށްފަހު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ވޮލެންޓިއަރުން މެނޭޖުކުރުމާ ބެހޭ ބައިގެ ނަމްބަރުން 3333405 ގުޅާނެ އެވެ.
ކޮރޯނާވައިރަހާ ދެކޮޅަށް ކުރާ މަަސައްކަތަށް ވޮލަންޓިއަރުން ހޯދަން އިއުލާނުކޮށްފައިވާއިރު، މި މަސައްކަތަށް ރާއްޖެއިން ބޭރުގައި ތިބި 51 ދިވެހި ޑޮކްޓަރުން ރާއްޖެ އަނބުރާ ގެނައުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!