"މާހާ" ސަފާރީ ލޮކްޑައުންކޮށް މީހަކު ޓެސްޓްކުރަނީ

photo_2020-03-22_12-31-57

މާހާ ނަމަކަށްކިޔާ ސަފާރީއެއް ލޮކްޑައުންކޮށް ކޮވިޑް-19އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި މީހަކު ޓެސްޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ކޮރޯނާވައިރަސްއާ ބެހޭ ނެޝަނަލް އިމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި އެ ސެެންޓަރުގެ ތަރުޖަމާން އަދި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ މާހާ ސަފާރީ ލޮކްޑައުންކޮށް މީހަކު ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ސަފާރީގައި މިވަގުތު ތިބީ ދެ ދިވެހިންނާއި ތިން ބިދޭސީން ކަމަށެވެެ.

މި ސަފާރީ ލޮކްޑައުންކޮށްފައިވާއިރު މިއީ ލޮކްޑައުންއަށް ގެނައި ތިންވަނަ ސަފާރީއެވެ. މީގެކުރިން އައިލެންޑް ސަފާރީ އާއި އީކުއޭޓާ ސަފާރީ ލޮކްޑައުންކުރި އެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވި 13 މީހުންގެ ތެރެއިން އިތުރުފަސް މީހުން ވަނީ ބަލިން މުޅިން ރަނގަޅުވެފައެވެ. މިހާރު ކޮވިޑަށް ފަރުވާ ދޭ މީހުންގެ އަދަދަކީ އަށެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *