އެެއްވެސް މީހަކީ 24 ގަޑިއިރު ގޭގައި ފޫހިވެފައި އިންނަން ބޭނުންވާނެ މީހެއް ނޫނެވެ. ގޭގައި މަސައްކަތް ކުރި ނަމަވެސް އެކުވެރިންނާއި އެކުވެސް ވަގުތު ހޭދަކޮށްލަން ބޭނުންވެއެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރެމުންދާ ކޮވިޑް-19 ވައިރަސްގެ އަސަރުކޮށްފައިވަނީ ޤަބޫލުކުރަން ދަތިހާ ގިނަ އަދަދެއްގެ ބަޔަކަށެވެ.
މިއަދު ގިނަބަޔަކު ކަންބޮޑުވެފައި ވަނީ ކައިރި އަވަށްޓެރިޔާގެ ހާލަތާއި، ޤައުމުގެ އިގްތިސާދާއި،، ވަޒީފާ އަދާކުރާ މީހުންނަށް ވެދާނެ ގޮތަކާއި މެދުއެވެ.

Ad
rt

ކޮވިޑް-19 ފެތުރެމުން ދާއިރު މިވައިރަސްގެ ނުރައްކާތެރި ކަމަކީ ވައިރަސްގެ އަލާމާތް ފެންނަން ފަށަނީ ހަށިގަނޑުގައި ވައިރަސް އެތައްދުވަހަކު ހުރެ އެހެންމީހުންނަށް ވައިރަސް ގެ އަސަރު ފޯރާފަހުންނެވެ. މިއީ އުމުރުން ދުވަސް ވެފައިވާ މީހުންނާއި ބަލިހާލު ބޮޑު މީހުންނަށް ޖެހިއްޖެނަމަ ފުރާނަ ނަގާލާ ފަދަ ނުރައްކާތެރި ވައިރަސްއެކެވެ.

ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސްއަކީ އަލަށް ފެނިފައިވާ ވައިރަސް ގެ ބާވަތަކަށްވެފައި އިންސާނުންގެ ދިފާއީނިޒާމަށް މިވައިރަސްއިން ދިފާއުވުމުގެ ބާރު އަދި ލިބިފައެއް ނުވެއެވެ. މިވައިރަސް ފެތުރެންފަށާއިފިނަމަ އެތައްބަޔަކު އެކަހެރިކޮށް، ކަރަންޓީނުކޮށް، އެތައް އެނދެއް އަދި އެތައް ވެންޓިލޭޓަރެއް ގެ އެހީ ހޯދަން ޖެހެއެވެ. ޢެހެންކަމުން މިހާލަތަށް ދިޔަނުދީ ބަލިފެތުރުން ކޮންޓްރޯލް ކުރުމަށް ފަރުދީގޮތުން ކުރެވިދާނެ ކަމެއް ވެއެވެ. އެއީ ގެއިން ބޭރަށް ނުގޮސް އިޖްތިމާއީ ގައިދުކަމަށް ދިއުމެވެ.

މިބަލީގެ އަލާމާތެއް ނުފެނުނު ކަމުގައިވިޔަސް މީހުން އެއްވާ ތަންތަނަށް ދިއުން މަޑުޖައްސާލަންވީއެވެ. ގޭގައި ހުރެގެންވެސް ގާތް ތިމާގެ މީހުންނާއި އެކުވެރިންގެ ހާލުބަލައި ، އެހީތެރިކަން ފޯރު ކޮށްދެވެން އޮތްނަމަ ހާލުގައި އުޅޭ މީހުންނަށް ކާބޯތަކެތިން އެހީތެރި ކަން ފޯރުކޮށްދިނުމާއި، ވީހާވެސް ބޮޑަކަށް ސާފުތާހިރުކަން އިސްކުރެވޭތޯ ބަލަންވީއެވެ.

ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮންނަނަވީއެވެ. ދޮށީ އުމުރު ބޭފުޅުންނާއި ބޮޑެތި ބަލިތަކުގައި އުޅޭމީހުންނަކީ މިވައިރަސް ޖެހިއްޖެނަމަ އެންމެހާލު ދެރަވާ މީހުންނަށް ވާތީ އެމީހުން ބަލަިން ރައްކާތެރިކުރުމަށް އިސްކަން ދޭން ވާނެ އެވެ . މާސްކާއި އެހެނިހެން ރައްކާތެރިކަމަށް ބޭނުންކުރާ އާލާތްތައް ޞިއްޚީ ޚިދުމަތް ތެރިންނަށް ލިބޭގޮތްހެދުމަށް އިސްކަން ދޭން ވާނެއެެވެ. ސަބަބަކީ ބަލިމީހުންނަށް ހިދުމަތް ކުރަން ތިބިބަޔަކީ ސިއްހީ ދާއިރާގެ މީހުން ކަމަށްވެފައި އެތަކެތީގެ ބޭނުން ބޮޑަށް ޖެހޭނީ އެމީހުންނަށް ކަމަށްވާތީއެވެ.

ގޭގައި މަޑުކުރަށްވާށެވެ! ސާފުތާހިރު ކަމަށް އިސްކަންދެއްވާށެވެ! އަނެކުންނަށް ބުނެދީ، ވިސްނައިދީ ޒިންމާ ކުރެވޭތޯ ބައްލަވާށެވެ! ތިބާއާއި އަނެކުންގެ ފުރާނަތައް ސަލާމަތް ކުރުމުގައި އެހީތެރިވެ ދެށްވާށެވެ!