ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަކޮރޯނާ ވައިރަސް ޖެހިގެން ފާއިތުވި 12 ގަޑިއިރު ތެރޭ ގަޑިއަކު ގާތް ގަނޑަކަށް 102 މީހުން ދުނިޔެއިން މަރުވެފައި ވާކަމަށް ހިސާބުތަކުން ދައްކައިފިއެވެ. އަދި އެވައިރަސްގެ ސަބަބުން ދުނިޔޭން މަރުވި މީހުންގެ ޢަދަދު ވަނީ 13069 އަށް އަރައިފައެވެ.
ރޭ ރާއްޖޭގަޑިން 11 ޖެހިއިރު ކޮވިޑް-19 ގެ ސަބަބުން ދުނިޔޭން މަރުވި މީހުންގެ ޢަދަދުކަމަށް ދުނިޔޭގެ ހިސާބުތަކުން ފެންނަން އޮތީ 11842 މީހުންކަމަށެވެ. މިއަދު ހެނދުނު 11 އާއި ހަމައަށް ދުނިޔޭން މަރުވި މީހުންގެ ޢަދަދުކަމަށް ދުނިޔޭގެ ހިސާބުތަކުން ފެންނަން އޮތީ 13069 މީހުންކަމަށެވެ.

މިއީ ފާއިތުވި 12 ވަރަކަށް ގަޑިއިރަށް ބަލާނަމަ 1227 މީހުންގެ އިތުރުވުމެކެވެ. ގަޑިއަކު މަރުވާ މީހުންގެ ނިސްބަތް ވަޒަން ކުރާނަމަ، ފާއިތުވި 12 ގަޑިއިރު ތެރޭ ގަޑިއަކު ގާތް ގަނޑަކަށް 102 މީހުން ދުނިޔެއިން ކޮވިޑް-19 ގެ ސަބަބުން މަރުވެފައިވެއެވެ.
ފާއިތުވި 12 ގަޑިއިރު ތެރޭ މިވައިރަސްއަށް ޕޮޒިޓިވް މީހުންގެ ނިސްބަތް ވަޒަން ކުރާނަމަ ރޭ ރާއްޖޭގަޑިން 11 ޖެހިއިރު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ޢަދަދު ކަމަށް ދުނިޔޭގެ ހިސާބުތަކުން ދައްކަނީ 297291 މީހުންނެވެ. މިއަދު ހެނދުނު 11 އާއި ހަމައަށް ދުނިޔޭން ޕޮޒިޓިވްވި މީހުންގެ ޢަދަދުކަމަށް ދުނިޔޭގެ ހިސާބުތަކުން ފެންނަން އޮތީ 308473 މީހުންކަމަށެވެ.

މިއީ ފާއިތުވި 12 ވަރަކަށް ގަޑިއިރަށް ބަލާނަމަ 11182 މީހުންގެ އިތުރުވުމެކެވެ. ގަޑިއަކު ޕޮޒިޓިވްވާ މީހުންގެ ނިސްބަތް ވަޒަން ކުރާނަމަ، ފާއިތުވި 12 ގަޑިއިރު ތެރޭ ގަޑިއަކު ގާތް ގަނޑަކަށް 931 މީހުން ދުނިޔެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވެއެވެ.
2019 ވަނަ އަހަރު ޗައިނާގެ ވޫހާން ސިޓީގެ މާރުކޭޓަކުން ފެތުރެންފެށި މިވައިރަސް ދުނިޔޭގެ 188 ޤައުމަށާއި، ސަރަހައްދަށް މިހާރު ފެތުރިފައިވާއިރު، މިވައިރަސް ޖެހުނު މީހުންތެރެއިން 95828 މީހުން މިހާތަނަށް މިވައިރަސްއިން ފަސޭހަވެފައިވެއެވެ.
ކޮވިޑް-19 ދުނިޔޭގައި ބާރު މިނުގައި ފެތުރެމުންދާއިރު މި ވައިރަސް އެންމެ ބާރުމިނެއްގައި މިހާރު ފެތުރެމުންދަނީ ޔޫރަޕްގެ ބައްރު ގައިއެވެ. އެބައްރުން އެނެމެ ހަލުވިކަމާއިއެކު މިވައިރަސް ފެތުރެމުންދަނީ އިޓަލީ ވިލާތުގައިއެވެ.
ކޮވިޑް-19 ޖެހިފައިވާ 13 މީހަކު ރާއްޖޭންވެސް ފެނިފައި ވާއިރު އޭގެ ތެރެއިން 3 މީހުންވަނީ މިހާރު ރަނގަޅުވެފައިއެވެ. އެ އެންމެންނަކީ ވެސް ޓޫރިސްޓުނާއި ރިސޯޓްތަކުގެ ބިދޭސީ މުވައްޒަފުންނެެވެ. އޭގެ ތެރޭގައި ގިނައީ އިޓަލީ މީހުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!