ކުޅުދުއްފުށި ސިޓީގައި ފްލޫ ކްލިނިކެއް ހުޅުވައިފި

BD161522-938A-44F7-83FA-F073F3CA4095

ރާއްޖޭގައި ކޮވިޑް-19 ފެތުރެމުން އަންނާތީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ފްލޫ ކްލިނިކެއް ހުޅުވައިފިއެވެ.

ދުނިޔޭގައި މި ވަގުތު ހަލުވިކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސް (ކޮވިޑް-19) އިން ރައްކާތެރިވުމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން ކުޅުދުއްފުށި ލޯކަލް މާރުކޭޓެއްގެ ގޮތުގައި ތައްޔާރު ކޮށްފައިވާ އިމާރާތް ފްލޫ ކުލިނިކެއްގެ ގޮތުގައި ތައްޔާރުކޮށް މިއަދު ހިދުމަތް ދޭން ފަށައިފިކަމަށް އެހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މި ކުލިނިކުގެ މަޤްސަދަކީ ހުން އައިސް ރޯގާގެ އަލާމާތްތައް ހުންނަ ފަރާތްތައް އެހެން ބަލިމީހުންނާއި މަސްހުނި ނުވާނޭ ފަދަ ގޮތަކަށް ހިދުމަތް ފޯރުކޮށްދިނުންކަމަށް އެހޮސްޕިޓަލުން ބުނެފައިވެއެވެ.

މި ކުލިނިކުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކައުންސިލްއާއި، ކުޅުދުއްފުށީގެ އެކިއެކި މުއައްސަސާތަކާއި، އާއްމު ރައްޔިތުން އަދި ރެޑް ކުރެސެންޓްގެ ފަރާތުން ލިބިފައިވާ އެހީތެރިކަމަށް ޝުކުރު އަދާކޮށްފައިވެއެވެ.

ކޮވިޑް-19 ކުޅުދުއްފުށީ ހެލްޕްލައިން: 7606688
ކޮވިޑް-19 ސެންޓަރަލް ހެލްޕްލައިން: 1676

ކޮވިޑް19 އިން ރައްކާތެރިވުމަށް ކުޅުދުއްފުށީ ހޮސްޕިޓަލުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ގިނަ ޓެސްޓްތަކެއް މިހާރު ދަނީ ހަދަމުންނެވެ. ކިރިޔާ އަލާމާތެއް ފެނުނަސް އެމީހެއްގެ ސާމްޕަލްތައް ނަގަ އެވެ. އެގޮތުގެ މަތިން މިހާރު ވެސް 500 އަށްވުރެ ސާމްޕަލްތައް ނަގައިފި އެވެ. ނަމަވެސް ގިނަ ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވްވެފަ އެވެ. މިހާރު ރާއްޖެއިން މި ބަލީގެ މީހަކު ނުފެންނަތާ ހަ ދުވަސް ވަނީ ވެފަ އެވެ.

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި