މިފޮޓޯތަކުން ބުނެދެނީ "ރައްކާވެތިބިއްޔާ ދަތުރު" އިސްކުރަންވީ އަމަލުކަން!

އިރާން
އިރާން

ރައްކާވެތިބިއްޔާ ދަތުރޭ ބުނެ އަންގައިދެނީ ސަމާލުވެ، ވަގުތު ފާއިތު ނުވަނީސް ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށެވެ. މީ ދިވެހި ބަހުގެ ހަރު ބަހެކެވެ. ރަދީފުން ބުނެދޭ ދެ މާނައަކީ، "ދަތުރު ކުރެވޭނީ ސަލާމަތްވާނެ މަގު ހޯދައިގެންނެވެ." ނުވަތަ "ވިސްނައި ބަލައިގެން އުޅޭށޭ"އެވެ.

ފޮތެއް އޮތަކަސް އެދުރެއް ނުވާނެޔޭވެސް ބުނެ އުޅޭތީ ދަންނަވަން އޮތީ، ލިޔެފައި އޮތުމަކުން އޭގެ ފައިދާއެއް ނެތްކަމެވެ. ނަތީޖާ ބޭނުން ނަމަ އިސްކުރަންވީ އަމަލުކަމެވެ. އަޒުމް ކަނޑައެޅި ކަމެއް ހާސިލްކުރާން ގަދައަޅައި ކުރާންވެސް އަމަލީ މަސައްކަތް ކަމެވެ.

މިތިބީ ކޮވިޑް-19 ގެ ނުރައްލުގެ ތެރޭގައެވެ. ޗައިނާގެ ވުހާން ސިޓީއިން ބިންދާލި ކޮވިޑް-19ގެ ރާޅު މުޅި ދުނިޔެއަށް ފެތުރި، ރާއްޖެއަށްވެސް ފޯރައިފިއެވެ.

ހުސްވި އަހަރު ޑިސެމްބަރު މަހު "ކޮރޯނާ ވައިރަސް" ދަސްވީއްސުރެ ރައްކާވެ ތިބިއްޔާ ދަތުރުގެ ވާހަކަ އެބަލިޔެވެއެވެ. އަމަލު ހުރީ ކިހާ ހިސާބެއްގައި ތޯއެވެ!

މިވާހަކައިގެ ތެރެއިން މިގެނެސް ދޭ ފޮޓޯތަކަކީ ކޮވިޑް-19 ގެ ބިރުވެރިކަން އިންތިހާއަށް ފެތުރިފައި ހުރި ޤައުމުތަކުގެ މަގުތަކުގެ އަދުގެ ހާލަތެވެ. މިވާހަކަ ދައްކާލާންވެގެން މިސާލެއް ގޮތަށް ބޭނުން ކޮށްލީއެވެ.

މިރާއްޖޭގެ ސަރުކާރުން ރައްޔިތުންގެ ސަލާމަތަށާއި، ރައްކާތެރި ކަމަށް އެތައް ފިޔަވަޅެއް އަޅައިފިއެވެ. ސަރުކާރުގެ އިސް ސިޔާސަތަކީ "ރައްޔިތުން" ކަން އެބަ ކަށަވަރުވެއެވެ.

ސިއްޚީ މާހިރުންގެ ލަފާ ކެނޑި ނޭޅި އެބަ އަޑުއިވެއެވެ! މިހާލަތުން އެރެންދެން ކެތްތެރި ކަމާއިއެކު ގޭގައި މަޑުކޮށްލަދޭން އެބަ ބުނެއެވެ. ސަބަބުތައް އޮތީމައެވެ.

ސްކޫލްތަކާއި، ކޮލެޖް ޔުނިވަރސިޓީތަކާއި، ޕާކުތަކާއި، މައިޒާން ތަކާއި، ކުޅިވަރު މައިދާން ތަކާއި، މުބާރާތްތަކާއި މިހެންގޮސް އެތައް ތަނެއް ބަންދު ކޮށް، ލަސްކޮށްފިއެވެ.

ސްޕެއިން

މަގުތަކުން ކަމެއް ވެގެން އުޅޭހެން އެބަ ހީވޭ ހެއްޔެވެ؟ ކަރުކެހިފައި މަގު މައްޗަށް ކުޅުވެސް ޖަހަނީއެވެ. އެކަން އާންމުކޮށް ކުރާ ބިދޭސީ އާބާދީވެސް އަޅުގަނޑުމެންނާއި އެކު މިކަމުން ސަލާމަތް ވެވޭތޯ ނޫޅޭ ނަމަ ދެން ނުކުންނާނީ ކޮން ނަތީޖާއެއް ތޯއެވެ؟

އިޓަލީ

ފޮޓޯތަކުގައި އެފެންނަނީ ހުސް މަގުތަކެވެ. އެތައް މިލިއަން އާބާދީ ދިރިއުޅޭ ސިޓީތަކުންނެވެ. ފޮޓޯތައް ބުނެދެނީ އެސިޓީތަކުގެ ރައްޔިތުން ސަލާމަތަށް އެދި ތިބި މިންވަރެވެ. ހާލަތުން އަރައިގަތުމަށް އެއްބައިވަންތަވެފައިވާ މިންވަރެވެ.

އިރާން

އަޅުގަނޑުމެންވެސް ކަމެއްނެތި އަޅާ ވައި ބުރުތައް މަދުކުރަން އެބަޖެހެއެވެ. "ވައި އަނގަތަޅަމުން" ކުރާ ބޭކާރު ޚަރަދު ކުޑަ ކުރަން އެބަޖެހެއެވެ. މަގުތަކާއި، އެކި ތަންތަނުގައި އުޅުން މަދު ކުރަން އެބަ ޖެހެއެވެ. ސިއްޚީ ޚިދުމަތްތެރީންގެ އިރުޝާދުތަކަށް ބޯލަނބަން އެބަ ޖެހެއެވެ.

ހުއްޓާނުލައި ގޭގައި ތިބެދޭށޭ އެކިޔުއްވަނީ ސަބަބުތައް ހުރީމައެވެ. ހެޔޮ ނުވާނޭ ވިދާޅުވާ ފަހަރުތައްވެސް މަދެއްނޫނެވެ. ކަމާބެހޭ ފަރާތްތަކުގެ އެންމެހައި އިރުޝާދުތަކުގައި ހިފައި އަމަލުން އެކަންދައްކަމާތޯއެވެ؟ ރައްކާވެ ތިބިއްޔާ ހަމަ ދަތުރެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

    1. މޮޅުމީހާ އޮވެބަލަ ގޭގަ ޕަބްޖީ ކުޅެން، މަގުމައްޗަށް ކުޅުތަޅަމުން މީހުންގެ ލޮލަށް ދުން އަރުވަމުން، މަގުމަތީ ދުވެވޭތޯ ބަލާބަލަ، ހެޔޮ ބަހެއް ބުންޔަސް ނަސޭހަތެއް ދިނަސް މިސޮރުމެންނަށް ހަޖޫ ޖެހުން ނޫން ކަމެއް ނެތް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *