ނައިބު ރައީސް ފައިސަލް ނަސީމްގެ ކާރު ކޮޅަށް ގެއްލުންދިން މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
މީޑިޔާތަކަށް މަޢުލޫމާތު ދެއްވަމުން ފުލުހުން ބުނެފައިވަނީ ހިލާލީގެ ކައިރީގައި މަސްތުގެ ހާލަތުގައި ހުރި ކަމަށް ބެލެވޭ މީހަކު ވެހިކަލް ތަކަށް ގެއްލުން ދޭ ކަމުގެ މައުލޫމާތު ފުލުހުންނަށް މިއަދު ލިބިފައިވާކަމަށާއި މި މައުލޫމާތު ލިބިގެން ފުލުހުން އެސަރަހައްދަށް ދިޔައިރު، ހިލާލީގެ ކައިރީގައި އޮތް ނައިބު ރައީސްގެ ކާރު ކޮޅުގެ ވައިޕަރ އާއި ނަންބޯޑް ބިންދާލައި ގެއްލުން ދީފައިވާކަމަށެވެ.
މި މައްސަލަ އާއި ގުޅިގެން 20 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް، މައްސަލަ އިތުރަށް ތަހުޤީގު ކުރަމުން ދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި މިމީހާ ގެއްލުން ދީފައިވަނީ ނައިބްރައީސްގެ ޕްރައިވެޓް ކާރުކޮޅަށެވެ. އޭނާ ކާރުތަކަށް ގެއްލުން ދެމުން ދިޔައިރު އެއީ ނައިބްރައީސްގެ ކާރުކޮޅުކަމެއް ނޭންގޭކަމަށް މަޢުލޫމާތުދިން ފަރާތުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!