އެހެން އަހަރުތަކާއި ހިލާފަށް މިއަހަރަކީ ހޫނު ގަދަވާނެ އަހަރެއް ކަމަށާއި އެންމެ ހޫނުގަދަ ވާނީ ރާއްޖޭގެ އުތުރަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން (މެޓް އޮފީސް) ވިދާޅުވެއްޖެއެވެ.

މިއަހަރު ފެށުނުއިރުވެސް ރާއްޖޭގައި ފިނިހޫނުމިން ހުރީ ރާއްޖޭގައި އާއްމުކޮށް، މިއަހަރު ހޫނުމޫސުމުގެ ދުވަސްތަކުގެ ފިނިހޫނުމިން ހުންނާނެ ކަމަށް ލަފާކުރެވޭ މިންވަރަށްވުރެވެސް މަތީގައި ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

Ad
rt

މެޓް އޮފީހުން ލަފާކޮށްފައިވާ ޗާޓުން ދައްކާ ގޮތުގައި މިއަހަރު އެންމެ ހޫނުގަދަ ވާނީ ރާއްޖޭގެ އުތުރަށެވެ. ދެން އެންމެ ހޫނު ގަދަވާނެ ކަމަށް މެދު ރާއްޖެތެރެއަށް ލަފާކޮށްފައިވާއިރު، ފިނިހޫނުމިން އެންމެ ދަށްވާނީ ރާއްޖޭގެ ދެކުނަށެވެ.

މީގެ އިތުރުން މެޓް އޮފީހުން ބުނީ، ދުނިޔެގެ ފިނިހޫނުމިނަށް ބަލާއިރުވެސް މިފަހުގެ އަހަރުތަކަކީ ހޫނުގަދަ އަހަރުތަކެއް ކަމުގައި ރިކޯޑްތަކުން ދައްކާ ކަމަށެވެ. އަދި މިކަން ބެލެވިފައިވަނީ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ދިމާވާކަމެއްގެ ގޮތުގައި ކަމަށް އެ އިދާރާއިން ބުނެއެވެ.

ރާއްޖޭގެ ފިނިހޫނުމިން ދަށް ވާން ފަށާނީ މެމަހުގެ މެދެއްހާ ހިސާބު، ހުޅަނގުމޫސުމުގެ ވިއްސާރަ ކުރަން ފެށުމުންނެވެ.

ހޫނުގަދަ ދުވަސް ވަރު ގިނައިން ފެން ބުއިމަށް އާދަކުރަން ޖެހެއެވެ.