ކުޅުދުއްފުށީ ސިޓީގައި ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގައި މެދު އަނިޔާވި މީހަކު ސީރިޔަސްވެ މާލެ ގޮންގޮސްފިއެވެ.

މިއަދު ހެނދުނު ހިނގި ފުރަތަމަ އެކްސިޑެންޓު ހިނގާފައިވަނީ ކުޅުދުއްފުށީ ސިޓީ ބަނދަރު ސަރަހައްދުގައި އަލަށް އިމާރާތް ކޮށްފައިވާ މިސްކިތް ކައިރިން ކާރަކާއި ސައިކަލެއް ޖެހިގެންނެވެ.

Ad
rt

އެ އެކްސިޑެންޓްގައި ސައިކަލް ދުއްވަންއިން މުޙައްމަދު އިބްރާހިމްގެ ބޮލަށް ސީރިއަސް އަނިޔާތަކެއްވެ މިރޭ އިރާކޮޅުގެ ވަގުތެއްގައި ވަނީ އިތުރު ފަރުވާއަށް ހަނިމާދޫ މަގުން މާލެ ގެންގޮސް އައިޖީއެމްއެޗްގެ އެމަޖެންސީގައި ފަރުވާދޭން ފަށާފައެވެ.

ދެވަނަ އެކްސިޑެންޓް ހިނގީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ. އެ އެކްސިޑެންޓް ހިނގީ ސައިކަލަކާއި ޕޮލިސް ވެހިކަލެއް ޖެހިގެންކަމަށް އެސިޓީން ވާހަކަ ދެއްކި މީހަކު މައުލޫމާތު ދިނެވެ.

އެ އެކްސިޑެންޓްގައި ސައިކަލް ދުއްވަންއިން އެސިޓީގެ ޕެޓޫނިޔާގޭގެ އަބުދުއްލަޠީފްގެ ފައި ދެތަނަކުން ބިންދައިގެންގޮސް އަނިޔާ ވެފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެ އެކްސިޑެންޓްގައި އަނިޔާވި ސައިކަލް ދުއްވަން އިން އަބުދުއްލަޠީފް އިތުރު ފަރުވާއަށް މިރޭ ފަތިހު މާލެ ފޮނުވަން މަސައްކަތް ކުރާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.