ށ. ފުނަދޫގައި ހުންނަ އެ އަތޮޅުގެ، އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދީފިއެވެ.

އެ ހޮސްޕިޓަލުގައި އަލަށް ގާއިމުކޮށްފައިވާ ޑެންޓަލް ޑިޕާޓްމަންޓް ހުޅުއްވައިދެއްވައި ދަތުގެ ފަރުވާ ދިނުން ފައްޓަވައިދެއްވީ އެކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ.

Ad
rt

ހެލްތު މިނިސްޓްރީން ބުނީ ށ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ހިދުމަތް ފެށިގެން ދިއުމާއެކު، އެ ހިދުމަތް ހޯދުމަށް ފުނަދޫ އިތުރުން އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުންނާއި ރިސޯޓުތަކުގެ މުވައްޒަފުން ދަތުގެ ފަރުވާ ހޯދަން މާލެއަށް ކުރަންޖެހޭ ދަތުރުތައް ނިމުމަކަށް އަންނާނެ ކަމަށެވެ.

ށ. އަތޮޅުގެ މީހުން ދިރިއުޅޭ 14 ރަށުގައި ގާތްގަނޑަކަށް 14،500 އެއްހާ މީހުން ދިރިއުޅެއެވެ. އެއަތޮޅަކީ 2 ރިސޯޓާއި، ސިނާއީ މަސައްކަތްކުރާ 4 ރަށް އޮންނަ އަތޮޅެކެވެ.