ޔުނިސެފްގެ ނަމުގައި މީސްމީޑިއާގައި ދައުރުވަމުންދާ ދޮގު ޙަބަރުތަކަށް ސަމާލުވެލެއްވުމަށް ޔުނިސެފް މޯލްޑިވްސްއިން އިލްތިމާސް ކުރައްވައިފިއެވެ.

އެންމެ ރަނގަޅު އަދި ސައްޙަ މަޢުލޫމާތު ހޯއްދެވުމަށް ޔުނިސެފް މޯލްޑިވްސްއިން ވަނީ އެދިފައެވެ.

Ad
rt

ޔުނިސެފްގެ ނަމުގައިހެން ހީވާގޮތަށް ކޮރޯނާވައިރަސް އާއި ގުޅޭގޮތުން ވައިބަރ، ވަޓްސްއެޕް އަދި އެހެނިހެން މީސްމީޑިއާގައި ދައުރުވަމުންދާ ދޮގު ޙަބަރުތަކަށް ސަމާލުވެލަށްވާ.

‏ޔުނިސެފް މޯލްޑިވްސްއިން ބުނެފައިވެއެވެ.

ޔުނިސެފްގެ ނަމުގައި ތަފާތު އެކި ދޮގު މަޢުލޫމާތު ދަނީ ދައުރުކުރަމުންނެވެ. ވައިބަރ ފޭސްބުކް އަދި މީސް މީޑިޔާގެ ޒަރިއްޔާއިން ލިބޭ ކޮންމެ މަޢުލޫމާތަކީ ސައްހަ މަޢުލޫމާތަކަށް ނުވެދާނެއެވެ. އެހެން ފަރާތްތަކަށް ފޯރުކުރުމުގެ ކުރިން އެއީ ރަނގަޅު ތެދު މަޢުލޫމާތުތޯ ކަށަވަރުކުރުމަށް އެފަރާތުން ވަނީ އެދިފައެވެ.

ކޮރީނާ ވައިރަސް އާއި ގުޅިގެން ތަފާތު ދޮގު މަޢުލޫމާތު ދަނީ ފަތުރަމުންނެވެ.