އިޓަލީ އިން ދިވެހިރާއްޖެއައި ދިވެއްސަކު ކަރަންޓީނުކޮށްފި ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ހާމަކޮށްފައިވާ ގޮތުގައި މިއަދު އިޓަލީ ވިލާތުން ރާއްޖެއަށް އައި ދިވެއްސަކު އެކަހެރިކޮށް ބެލެހެއްޓުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.
ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ މީހުން ކަރަންޓީނު ކުރުމަށް ހަމަޖެހިފައިވަނީ ފުނަދޫ އަދި ފަރުކޮޅު ފުށީގައެވެ.
މިއަދު އިޓަލީ އިން ރާއްޖެ އަށް ދަތުރުކުރި ދިވެއްސެއް #ކޮވިޑް19 އަށް މޮނިޓަރ ކުރުމަށް އެކަހެރިކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރިޔަށްދަނީ...@MoHmv
— Health Protection Agency (@HPA_MV) March 5, 2020
އިޓަލީއިން އައި މީހާ ކަރަންޓީނު ކުރެވިފައިވާއިރު އިޓަލީ އަކީ ޗައިނާއަށް ފަހު އެންމެ ގިނަ އަދަދަކަށް ކޮރޯނާ ވައިރަސްގެ ސަބަބުން މިހާރު މީހުން މަރުވި ޤައުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!