އަމާން އުދަރެސް ޓަވަރަކުން ކުއްޖަކު ވެއްޓިގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން ފުލުހުން މިހާރު ދަނީ އެ ސީންގައި ހަރަކާތްތެރިވަމުންނެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ ކުއްޖާ ވެއްޓިފައި ވަނީ ހުޅުމާލެ ފޭސް 2، އަމާން އުދަރެސް 2 ގެ 3 ވަނަ ފަންގިފިލާއިން ކަމަށެވެ.
އެ ކުއްޖާ ވެއްޓިގެން ފުލުހުން ރިޕޯޓްކޮށްފައި ވަނީ މިއަދު 11:35 އެހައިކަންހާއިރުކަމަށް އެ އިދާރާއިން ބުންޏެވެ.
ވެއްޓިފައިވަނީ 16 އަހަރުގެ ދިވެހި އަންހެން ކުއްޖެކެވެ. އެ ކުއްޖާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް މިހާރު ފަރުވާދެމުންކަމަށް އަންނަކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!