ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ޖަމީލާ އަލީ ޚާލިދު، މިއަދު އައްޔަން ކުރައްވައިފިއެވެ.

ޖަމީލާ ޢަލީ ޚާލިދު މި މަޤާމަށް ޢައްޔަންކުރައްވައި މަޤާމުގެ ލިޔުން ޙަވާލުކުރެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

Ad
rt

ޖަމީލާ އެ މަޤާމަށް އައްޔަން ކުރެއްވުމަށްޓަކައި ރައީސް، މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާކުރުމަށްފަހު، މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން އޭނާ އެ މަޤާމަށް އައްޔަން ކުރެއްވުމަށް ފެންނަ ކަމަށް ފާސްކޮށްފައިވަނީ 26 އޯގަސްޓް 2026 ގައެވެ.

އިނގިރޭސިވިލާތަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ކުރިން ހުންނެވީ އިރުތިޝާމް އާދަމެވެ. އެ މަޤާމު ހުސްވީ ޚާރިޖީ ވަޒީރުގެ މަޤާމަށް އިރުތިޝާމް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.

ޖަމީލާ ވަނީ 2017 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ދެމެދު ޖަރުމަނުވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ފުރަތަމަ ރެޒިޑެންޓް ސަފީރުކަމުގެ މަގާމު ފުރުއްވާފައެވެ.

މީގެ އިތުރުން އޭނާ ވަނީ 2015 ވަނަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން 2016 ވަނަ އަހަރުގެ ޑިސެމްބަރާ ހަމައަށް ސިވިލް ސަރވިސް ކޮމިޝަންގެ ނައިބު ރައީސްކަން ވެސް ކުރަށްވާފައެވެ.