އޯކާ މީޑިޔާ ގުރޫޕްއިން ލޯކަލް އައިލަންޑް ޓޫރިޒަމް މެގެޒިންގެ 6 ވަނަ އެޑިޝަންއަށް ރެޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ ދިވެހި ރާއްޖޭގައި ގެސްޓް ހައުސް ވިޔަފާރިއަށް ހާއްސްކޮށް ނެރެވޭ ހަމައެކަނި މެގެޒިންނެވެ. 2015 ފެށިގެން ކޮންމެ އަހަރަކު މި މެގެޒިން ނެރެވެމުންދެއެވެ. މި މެގެޒިން ކުރިން ނެރެވިފައިވަނީ ގެސްޓް ހައުސް މޯލްޑިވްސްގެ ނަމުގައެވެ. ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ގެސްޓް ހައުސްތަކަށް މި މެގެޒިންގައި ހިލޭ މައުލޫމާތު ހިމެނުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.
މި މެގެޒިންގެ މަގުސަދަކީ ދިވެހި ރާއްޖޭގެ ހުރިހާ ގެސްޓް ހައުސް ވިޔަފާރިތަކުގެ މައުލޫމާތު ފޯރުކޮށްދިނުމާއި ގެސްޓް ހައުސް ވިޔަފާރި ރާއްޖޭގައި ކުރިއެރުވުމެވެ. މި މެގެޒިންގެ ޖުމްލަ 5،000 ވުރެން ގިނަ ކޮޕީ ފަތުރުވެރިކަމާ ގުޅުން ހުރި ގިނަ ދާއިރާތަކަށް ފޯރުކޮށްދެވޭނެ އެވެ.
މީގެ އިތުރުން މި މެގެޒިން އަކީ ޓޫރިޒަމް މިނިސްޓުރީ އާއި އެމްއެމްޕީއާރުސީ އިން ބަލައިގަންނަށް މެގެޒިންނެކެވެ. އެމްއެމްޕީއާރުސީ ގެ ގެސްޓް ހައުސްތައް ކުރިއެރުވުމަށް ބާއްވާ ފެއާ ތަކުގައިވެސް ގެސްޓް ހައުސް ވިޔަފާރި އިސްތިހާރު ކުރުމަށް މި މެގެޒިން ބޭނުންކުރެވެ އެވެ.

މިވަގުތު ރާއްޖޭގައި 600 ގިނަ ގެސްޓް ހައުސް ރެޖިސްޓަރ ކުރެވިފައިވާ އިރު ގެސްޓް ހައުސް ވިޔާފާރި ދިވެހި ރާއްޖޭގެ ހުރިހާ ރަށެއްގައި ތައާރަފުކޮށް ކުރިއެރުވުމަކީ މިސަރުކާރުގެ ވައުދުތަކުގެ ތެރޭއިން ވައުދެކެވެ.
މި މެގެޒިންގައި އެބައެއްގެ ގެސްޓް ހައުސް ވިޔާފަރީގެ މައުލޫމާތު ހިމަނަން ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ރެޖިސްޓަރ ކުރެވޭނެއެވެ.
https://magazine.guesthouses.mv
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!