5 ގަސް ބަބުކެޔޮ ކުއްޔަށް ދޫކުރަން ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ އިން މިއަދު އިޢުލާންކޮށްފިއެވެ.

އެކައުންސިލުން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ އެލިއާ އަވަށު ކިލެގެފާނުމަގުގެ އުތުރުން، އެދުރުކަލޭފާނުމަގުގެ އިރުމަތީގައިވާ (50/A,B) ހުސްބިމިގައި ހުރި ރައްޔިތުންގެ 05 ގަސް ބަބުކެޔޮ މީލާދީ 1 އަހަރުދުވަހުގެ މުއްދަތަށް (އެސަރަހައްދު ކޮންމެ ހަފްތާ އަކު 3 ދުވަހު ކުނިކާ ސާފުކުރުމަށް ޝަރުތުކޮށް) ކުއްޔަށް ދޫކުރުމަށް ކައުންސިލުން ނިންމާފައިވާކަމަށެވެ.

Ad
rt

އެކައުންސިލުން ކުރި އިޢުލާނުގައި އިތުރަށް ބުނެފައިވަނީ 05 ގަސް ބަބުކެޔޮ ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން 2020 މާރޗް 05 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް ކައުންސިލަށް ޙާޟިރުވެ ސިޓީއަކުން އަގު ހުށަހެޅުއްވުން އެދޭކަމަށެވެ. ހުށަހަޅާ އަގު އޮންނަންވާނީ ސިޓީ އުރާގައި ރަގަޅަށް ބަންދުކުކުރެއްވުމަށް ފަހު، ސިޓީ އުރާއިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި މި އިޢުލާން ނަންބަރު ޖެހުމަށްފަހު، " 5 ގަސް ބަބުކެޔޮ ކުއްޔަށް ހިފުމަށް އެދި" މިހެން ލިޔެފައިވާ އޮންނަންވާނެކަމަށް ބުނެފައިވެއެވެ.