ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް މުޙައްމަދު ލަމްޢާން ޢައްޔަނުކޮށްފިއެވެ.

ލައްމާނަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރު އަދި ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރ (ޑެޕިއުޓީ ސީއީއޯ)ގެ މަގާމުވެސް ފުރުއްވަމުންގެންދަވާ ބޭފުޅެކެވެ.

Ad
rt

ޕީއެންސީގެ ޑީއެސްޖީގެ މަގާމަށް ލައްމާން ހަމަޖެއްސުމުން އެ ޕާޓީން އިއްޔެ ވަނީ މަރުޙަބާ ކިޔާފައެވެ.

ޕީއެންސީގެ މިހާރުގެ އެސްޖީއަކީ މޫސާ ފަތުހީ އާދަމް އާދަމްއެވެ. މޫސާ ފަތުހީ އެ މަގާމަށް ހަމަޖެއްސީ ކުރިން އެ މަގާމުގައި ހުންނެވި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުއާޒު ހަލީމް ވަގުތު ނުދެއްވިގެން 18 އޭޕްރިލް 2026 ގައި އެސްޖީގެ މަގާމުން އިސްތިއުފާދެއްވުމުންނެވެ. މޫސާ ފަތުހީ ޕީއެންސީގެ އެސްޖީ އަކަށް ހަމަޖެއްސީ 30 އޭޕްރިލް 2026 ގައެވެ.

ޕީއެންސީން ވަނީ މެއި 1 ވަނަ ދުވަހު އެ ޕާޓީގެ ސްޕޯކްސްޕަރސަނަކަށް މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ވެސް ހަމަޖައްސާފައެވެ.

ޕީއެންސީގެ އިސް މަގާމުތަކަށް ބަދަލުގެންނަމުން މިދަނީ ލޯކަލް އިންތިޚާބަށް ފަހުގައެވެ. އަދި މިއަހަރު ފަހުކޮޅު އެޕާޓީގެ ކޮންގްރެސް އަށް ތައްޔާރުވުމަށް ވެސް ވަނީ އަމާޒު ހިފާފައެވެ.

ޕީއެންސީއަކީ މިވަގުތު ރާއްޖޭގައި އެންމެ މެމްބަރުން ގިނަ ޕާޓީއެވެ. އެޕާޓީގައި 74048 މެމްބަރުން އެބަތިއްބެވެ.