އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލީ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް ގުރުއަތު ނެގުން އެ ކެނޑިޑޭޓެއްގެ ރަށުގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުން އޮންނާނީ އަންނަ ބުދަ ދުވަހު، އެރަށެއްގައިކަމަށެވެ.
އޭގެ އިތުރުން އަތޮޅު ކައުންސިލްތަކުގެ ގުރުއަތުނެގުން އޮންނާނީ އެ އަތޮޅެއްގެ ވެރިރަށުގައި ކަމަށާއި، ސިޓީ ކައުންސިލްތަކުގެ ގުރުއަތު ނެގުން އޮންނާނީ އެސީޓީއެއްގައިކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ގުރުއަތު ނެގުން އޮންނާނީ އަންނަ ބުދަދުވެހުގެ ހެދުނު 10:00 ފެށިގެން އެރޭގެ ނިޔަލަށެވެ.
ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީތަކަށް ޖުމްލަ 2435 މީހުން ކުރިމަތިލާފައިވާއިރު، ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހާއެކު ޖުމްލަ 980 ކައުންސިލަރުން މިފަހަރު އިންތިޚާބުކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!