ހދ. ކުޅުދުއްފުށި ސިޓީން ގެއްލިގެން ހޯދަމުންދިޔަ އުމުރުން 59 އަހަރުގެ ދިވެހި ފިރިހެނަކު، އެ ރަށު ފަޅުތެރޭގައި މަރުވެފައި އޮއްވާ މިއަދު ފެނިއްޖެއެވެ.

ފުލުހުން "ތިލަދުން" އަށް މައުލޫމާތު ދެއްވި ގޮތުގައި، ކުޅުދުއްފުށިން މީހަކު ގެއްލިގެން އުޅޭކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 އޭޕްރީލް 15 ވަނަ ދުވަހުގެ މެންދުރުފަހު 13:48 އެހައިކަންހާއިރުއެވެ. މި ރިޕޯޓާ ގުޅިގެން ފުލުހުން ވަނީ އެމީހާ ހޯދުމުގެ މަސައްކަތް ވަގުތުން ފަށާފައެވެ.

Ad
rt

ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިފައިވަނީ މިއަދު މެންދުރުފަހު 15:00 އެހައިކަންހާއިރު، އެ ރަށު "ބޮޑަވަކިވާ ބީޗް" ސަރަހައްދުގެ މޫދު އަޑިންނެވެ. އެމީހާ ފެނުމާއެކު ވަނީ ކުޅުދުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ އެރަށު ބަނޑިފަސްގަނޑުގެ، ސުލެއިމާނު ހުސެއިން އެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާއިރު، މި މައްސަލަ މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ނަމަވެސް އެމީހާ މަރުވާން ދިމާވި ސަބަބާ ގުޅޭގޮތުން މިހާތަނަށް ރަސްމީ އިދާރާއަކުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.