އަތޮޅުތެރޭގެ ސިއްހީ ހިދުމަތްތައް ތަރައްޤީކޮށް ފުޅާކުރުމުގެ ގޮތުން ސަރުކާރުން އެކުލަވާލައިފައިވާ ސިޔާސަތުގެ ދަށުން ހއ. ދިއްދޫ އާ ހޮސްޕިޓަލެއް އަޅަން ނިންމައި، އެ ހޮސްޕިޓަލްގެ ޕްލޭން މިއަދު އިފްތިތާހްކޮށްފިއެވެ.
އަތޮޅުތެރޭގެ ސިއްހީ ހިދުމަތްތައް ފުޅާކުރުމަށް ދ. ކުޑަހުވަދޫގައިވެސް އާ ހޮސްޕިޓަލެއް އަޅަން ނިންމައި އެކަންވަނީ މިއަދު ސަރުކާރުން ޢިއުލާން ކޮށްފައެވެ.
މިއަދު އިފްތިތާހްކުރި ޕްލޭންގެ ދަށުން، އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލްގެ ބާ އިމާރާތް ތަޅާލައި އެތަނުގައި ވެސް ދިއްދޫ އަދި ކުޑަހުވަދޫގައި ގާއިމްކުރާ ވަސީލަތްތައް ގާއިމްކުރުމަށް ވަނީ ނިންމައިފަ އެވެ. އަދި މިހާރު ބޭނުންކުރާ އިމާރާތުގެ ބޮޑު ބައެއް ކުރިއެކޭ ވެސް އެއްގޮތަށް އާ އިމާރާތާއެކު ބޭނުންކުރާނެ އެވެ.

މިއަދު މާމިގިލީ ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި އެ ދެ ހޮސްޕިޓަލްގައި ބިނާ ކުރާ ވަސީލަތްތަކުގެ ޕްލޭން ތައާރަފުކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއެވެ.
އެ ދެ ހޮސްޕިޓަލް ވެސް ފަރުމާކޮށްފައި ވަނީ ޒަމާނާ އެއްގޮތަށް ޖުމްލަ 55 އެނދުގެ ހޮސްޕިޓަލްތަކެއްގެ ގޮތަށެވެ. އެ ހޮސްޕިޓަލްތައް ގާއިމްކޮށް ނިމޭ އިރު އެ ތަންތާގައި ޖުމްލަ 19 އޯޕީޑީ ކޮންސަލްޓޭޝަން ރޫމާއި ހަ ޕްރައިވެޓްރޫމްގެ އިތުރުން ތިން އެނދުގެ އެންއައިސީޔޫ، ތިން އެނދުގެ އައިސީޔޫ، ދެ އޮޕަރޭޝަން ތިއޭޓަރު އަދި 12 އެނދުގެ އަށް ވޯޑު ހިމެނިގެންދާނެ އެވެ.
3 ހޮސްޕިޓަލްގެ އާއިމާރާތުގެ މަސައްކަތް ވެގެންދާނީ މުޅިރާއްޖޭގެ ޞިއްހީ ނިޒާމަށް އާދަޔާޚިލާފް ބަދަލުތަކެއް ގެނުވާނެ މަސައްކަތަކަށް
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވިއެވެ.
އޭގެ އިތުރުން ޑައިގްނޯސްޓިކް ހިދުމަތް ދިނުމަށް ބޭނުންވާ ތަހުލީލުތައް ހެދުމަށް ޓަކައި ޖާގަ ތަނަވަސް ލެބޯރެޓަރީ، އެކްސްރޭ ރޫމް އަދި އަލްޓަރާ ސައުންޑް ސްކޭން ހެދުމަށް ބޭނުންވާ ޖާގަތައް ހިމެނިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!