މުބާރާތުގެ އެއް މެޗު ބާކީ އޮއްވާ ފުރަތަމަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެ އަށް ކަށްވަރުވެއްޖެއެވެ.
ރާއްޖޭގެ ފިރިހެން ގައުމީ ޓީމު މި މުބާރާތުގެ ތަށި ކަށަވަރުކުރީ ތައިލެންޑުގެ ނޮންތަބުރީ ޕްރޮވިންސް ސްޓޭޑިއަމް އިންޑޯ ހޯލުގައި ނޭޕާލު 3-1 ލަނޑު ބަލިކޮށް 15 ޕޮއިންޓް ހޯދައިގެންނެވެ.
ނޭޕާލާ ދެކޮޅަށް މިއަދު ނުކުތްއިރު ރާއްޖެ އޮތީ ފުރަތަމަ ކުޅުނު 4 މެޗުން މޮޅުވެ 12 ޕޮއިންޓާއެކު ތާވަލުގެ ކުރީގައެވެ. ލީގު އުސޫލުން ކުޅޭ މި މުބާރާތުގައި ރާއްޖެ މިއަދު ފަސްވަނަ މޮޅާއެކު 15 ޕޮއިންޓް ކަށަވަރު ކުރުމުން ތަށި ވަނީ ކަށަވަރު ވެފައެވެ.
މި މެޗުގައި ލަނޑުޖަހައި ފުރަތަމަ ލީޑު ނެގީ ބޫޓާނެވެ. ބޫޓާން މި ލަނޑު ޖެހީ ފުރަތަމަ ހާފު ނިމެން ތިން މިނެޓެއްހާއިރު ބާކީ އޮއްވައެވެ. ނަމަވެސް މާގިނައިރެއްނުވެ ރާއްޖެއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ރާއްޖެ އަށް މިލަނޑު ޖަހައިދި އަބްދުﷲ ޖުނައިދު (ޖެންނޭ) އެވެ.
ރާއްޖެއިން ވަނީ ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނިޓް ތެރޭގައި ލީޑުނަގާފައެވެ. އެއީ ހިލޭ ޖެހުމަކުން އަހުމަދު ހަމީދު (އައްމަޑޭ) ޖަހައިދިން ލަނޑެކެވެ. ރާއްޖޭގެ ތިން ވަނަ ލަނޑު ޖަހައިދިނީ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) އެވެ.
ރާއްޖޭގެ ބާކީ އޮތް މެޗުގައި ލަންކާއާ ދެކޮޅަށް ކުޅޭނީ އަންނަ ހޯމަ ދުވަހު އެވެ.
ގައުމީ ފުޓްސަލް ޓީމަށް ތަށި ހޯދައިދިން ޓީމުގައި ޝާއްޕެ އާއި އައްމަޑޭ އަދި ކީޕަރު ނާޖިހް އަކީ ހދ. ނައިވާދޫ އަށް ނިސްބަތްވާ ކުޅުންތެރިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!