މަނީ ލޯންޑްރިންގގެ ކުށް ސާބިތުވެ، ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ހޯމް މިިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ ބައްދަލުކުރައްވައިފިއެވެ.
މިނިސްޓަރ އިމްރާން މިއަދު މާފުށި ޖަލަށް ކުރެއްވި ޒިޔާރަތުގައި ރައީސް ޔާމީނާއި ބައްދަލުކުރެއްވިކަން ކަރެކްޝަނަލް ސާރވިސަސްއިން ވަނީ ޔަގީންކޮށްދީފައެވެ. މި ބައްދަލުވުމުގައި ޖަލުގެ ކަންކަމާއި މެދު ރައީސް ޔާމީންގެ ކަންބޮޑުވުންތައް މިނިސްޓަރު އިމްރާން އަޑުއެއްސެވިކަމަށް ވަނީ ބުނެފައެވެ.
ރައީސް ޔާމީން ހިތުގެ ޑޮކްޓަރަކަށް ދެއްކުމަށްޓަކައި އައިޖީއެމްޗަށް މިދިޔަ ބުރާސްފަތި ދުވަހު ގެނައުމަށްފަހު އެ ހޮސްޕިޓަލުން ވަނީ އެމަނިކުފާނުގެ ޓެސްޓްތަކެއްވެސް ހަދާ ފައެވެ. ރައީސް ޔާމީން އަނބުރާ ޖަލަށް ގެންގޮސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!