މާލޭގައި ހިންގަމުންދާ ސްޕާއެއް ބަލައިފާސްކުރުމަށްފަހު ފައިސާގެ މުޤާބިލުގައި ޖިންސީ ކުށުގެ އަމަލު ހިންގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ދިވެހި ފިރިހެނަކާއި ތައިލެންޑް ތިން އަންހެނަކު ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ މި ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު މާލެ، ހ. އަރިހިޔާ ގޭގެ ތިންވަނަ ފަންގިފިލާގައި ހިންގަމުންދާ “ޕީސް ސެލޫން އެންޑް ސްޕާ” ގައެވެ.
މި މައްސަލައާ ގުޅިގެން ޖުމްލަ ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ތައިލެންޓް ތިން އަންހެނުންނާއި ދިވެހި ފިރިހެނެކެވެ.
ހައްޔަރުކުރި މީހުންނަކީ ގއ. ވިލިނގިލި / ރިވެލި، މުޙައްމަދު ސަމާމް ރަޝީދު (28އ) އާއި، ތައިލެންޑަށް ނިސްބަތްވާ ޖުންޕެން ކުމްބޮންޕިޓަކް (38އ) އާއި ޕަޓްޗަރިދާ ބަންނަބޮޑީ (24އ) އާއި ސުޕަވަޑީ ޖޮމްޓަރަކު (21އ) އެވެ.
ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރކުރުމުން، ތަފާތު މުއްދަތުތަކަށް އެ މީހުން ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. ދިވެހި ފިރިހެން މުޙައްމަދު ސަމާމް ރަޝީދު (28އ) ފަސްދުވަހަށް ބަންދުކުރުމަށް އަމުރުކުރިއިރު، ތައިލެންޑްގެ ދެ އަންހެނުން ކަމަށްވާ ޖުންޕެން ކުމްބޮންޕިޓަކް (38އ) އާއި ސުޕަވަޑީ ޖޮމްޓަރަކު (21އ) ތިންދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
އަދި ތައިލެންޑްގެ އަނެއް އަންހެން މީހާ ކަމަށްވާ ޕަޓްޗަރިދާ ބަންނަބޮޑީ (24އ) 30 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލައަކީ ފައިސާގެ މުޤާބިލުގައި ޖިންސީ ޚިދުމަތް ދިނުމުގެ ވިޔަފާރި ކުރުމުގެ ތުހުމަތުގައި ފުލުހުން ހިންގި އޮޕަރޭޝަނެކެވެ.
މި މައްސަލަ އިތުރަށް ތަހުގީގުކުރުމުގެ މަސައްކަތް ފުލުހުން މިހާރު ގެންދަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!