ހުޅުމާލެ އިމާރާތެއްގައި ކުލަ ލާން އުޅުނު ބިދޭސީއަކު ވެއްޓި އަނިޔާވެއްޖެ

90448257

ހުޅުމާލޭގައި ހަދަމުންދިޔަ ގެއެއްގެ 2 ވަނަ ފަންގިފިލާއިން ބިދޭސީއަކު ވެއްޓިއްޖެއެވެ.

ހުޅުމާލޭގައި ހަދަމުންދާ އިމާރާތެއް ގެ ބޭރުގައި ކުލަލާން އުޅުނު މީހަކު ވެއްޓިފައިވާ މައްސަލަ އެއް މިޔަދު 17:45 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ.
މި ހާދިސާގައި އެ އިމާރާތުގެ 2 ވަނަ ފަންގިފިލާ ގޯޅިއާއި ވީ ދިމާލު ބޭރު ފާރުގައި ކުލަލާން އުޅުނު 29 އަހަރުގެ ބަންގްލަދޭސް މީހަކު ގޯޅި ތެރޭގަ ހުރި ޖަންގުސަންއެއް މައްޗަށް ވެއްޓި މޫނަށާއި ބޮލަށް އެކި ވަރުގެ އަނިޔާ ލިބިގެން ހުޅުމާލޭ ހޮސްޕިޓަލުގައި  ފަރުވާ ދެމުން ދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާ އާއި ގުޅިގެން ފުލުހުން ބަލަން ޖެހޭކަންކަން ދަނީ ބަލަމުން ކަމަށް އެފަރާތުން ހާމަކުރެއެވެ.

މި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭ ސަހަރާ ކުރިމަތީގައި ޓީ މާޓް ހުންނަ އިމާރާތުގައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *