ޑރ ބިލާލް އަކީ ހަރުކަށި ފިކުރުގެ ބޭފުޅެއް ނޫން، އެއީ އިލްމީ ބޭފުޅެއް، އިސްލާމި މުފައްކިރެއް: ޑރ ޝަހީމް

385ED44E-88B4-4071-8DC4-84BD6DE06B23

ޑރ ބިލާލް އަކީ ހަރުކަށި ފިކުރުގެ ބޭފުޅެއް ނޫން، އެއީ އިލްމީ ބޭފުޅެއް، އިސްލާމި މުފައްކިރެއްކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ، ޑރ. އަބޫ އަމީނާ ބިލާލް ފިލިޕްސް ރާއްޖެ ގެނައުމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ނިންމާ އެކަން އިޢުލާން ކުރެއްވުމާއި ގުޅިގެން ގަލޮޅު އުުުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲއާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެކަމާ ދެކޮޅު ހައްދަވާ ކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީގެ އިސްފަރާތްތަކެއްގެ ފާޑުކިއުން އަމާޒުވެ އިވެންޓް މަޑުޖައްސާލާފައިވާކަމަށް މަޙްލޫފް ވިދާޅުވެފައިވާ މިދަނޑިވަޅުގައި އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާގެ މަގާމު ވެސް ފުރުވެއްވި ޑރ ޝަހީމު މިވަނީ އެބޭފުޅުންނާއި ދެކޮޅަށް ފޭސް ބުކްގައި ރައްދު ދެއްވާފައެވެ.

ޑރ ބިލާލް އަކީ ހަރުކަށި ފިކުރުގެ ބޭފުޅެއް ނޫން. އަދި އެ ފިކުރަށް ތާއިދު ކުރައްވާ ބޭފުޅެއް ވެސް ނޫން. އެއީ އިލްމީ ބޭފުޅެއް. އެތަށް ބައިވަރު ފޮތެއް ލިޔުވާފައިވާ ބޭފުޅެއް. އެތައް ތައުލީމީ މުއައްސަސާއެއް އިސްލާމި އުންމަތުގައި އުފެއްދެވި ބޭފުޅެއް. އެއީ މަދީނާ ގެ އިސްލާމީ އުނިވަރސިޓީގެ ފަޚުރުވެރި ދަރިވަރެއް.

އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ މުޝީރުކަން ކުރައްވަމުން އަންނަ ޑރ ޝަހީމް ވިދާޅުވެފައިވެއެވެ.

ޑރ ޝަހީމް އިތުރަށް ވިދާޅުވެފައިވަނީ 1972 ވަނަ އަހަރު އޭނާ އިސްލާމް ދީނަށް ވަދެވަޑައިގެންނެވީ އޭނާގެ އެންމެ ޒުވާން އުމުރުގައި ކުރިސްޓިއަންއެއްގެ ގޮތުގައި ހުރުމަށް ފަހު އަމިއްލައަށް އިސްލާމް ދީން ދިރާސާ ކުރުމަށް ފަހުގައި ކަމަށެވެ. އެޔަށް ފަހު ދުނިޔޭގެ އިރުމަށްޗާއި ހުޅަންގުން ތައުލީމް ހާސިލް ކުރައްވައިގެން އޭނާގެ މުޅި އުމުރު ހޭދަ ކުރެއްވީ އިސްލާމި އުއްމަތުގެ ޚިދުމަތުގަކަމަށް ބުނެފައި ވެއެވެ.

އެހެން ދީނެއް ގައި ހުރެ އިސްލާމް ދީނަށް ފާޑު ކިޔައި، ފަހުން އިސްލާމް ދީން ދެކެ ލޯބިވެ މަޖްބޫރު ކަމެއް ނެތި އިސްލާމް ދީން ޤަބޫލުކޮށް އިސްލާމީ އުއްމަތަށް ޚިދުމަތްކޮށް އުމުރުން މިހާރު 72 އަހަރު ވެފައިވާ އިސްލާމި މުފައްކިރު ޑރ ބިލާލްގެ ސަޚްސިއްޔަތު ކަތިލާ ބަޔަކަށް އަޅުގަނޑުމެން ނުވުމަށް ޑރ ޝަހީމް ވަނީ ނަސޭހަތްތެރިވެފައެވެ.

މާތް ﷲ އިރާދަ ކުރައްވައިގެން ހެޔޮ ސިއްހަތުގައި އަޅުގަނޑު ދުނިޔޭގަ ލައްވައިގެން ރާއްޖެ ދެވޭނެ ދުވަހަކުން ޑރ ބިލާލްއަށް ރާއްޖެއަށް ދަޢުވަތު އަރުވާނަމެވެ. އެކަން ހުއްޓުވޭނެ އެއްވެސް ފަރާތެއް ނުވާނެ އެވެ. އިންޝާ ﷲ.

އިސްލާމީ ގައުމުތަކުގެ އެންމެ ނުފޫޒުގަދަ 500 ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ ޝަހީމް ގެ އަމިއްލަ ފޭސްބުކް ޕޭޖުގައި ލިއުއްވާފައިވެއެވެ. ޑރ ބިލާލް އަކީވެސް އުރުދުނުން ނެރޭ ”ދުނިޔޭގެ އެންމެ ނުފޫޒުގަދަ 500 މުސްލިމުން“ ގެ ލިސްޓުގައި ހިމެނި ވަޑައިގަންނަވާ ބޭފުޅެކެވެ.

މީގެކުރިން ވެސް ރާއްޖެ ވަޑައިގެންނެވި ބިލާލްއަށް ދައުވަތު ދެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ. މިނިސްޓަރު މަހުލޫފް ވަނީ ދައުވަތު ގަބޫލު ކުރެއްވީތީ ބިލާލަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

ޑރ ބިލާލް ރާއްޖެ ގެނައުމަށް ނުފެންނަ ކަމަށް ގޮވާލި މީހުން ބުނަމުންދިއައީ އެއީ ދުނިޔޭގެ ގިނަ ގައުމުން އިސްލާމީ އިލްމުވެރިއެއް ކަމަށް ގަބޫލުކުރާ ބޭފުޅެއް ނޫން ބުނެއެވެ. މީގެ އިތުރުން ސޯޝަލް މީޑިއާގައި އެތައް ބަޔަކު ގެންދިޔައީ ޑރ ބިލާލް ރާއްޖެ ގެނައުމަށްވެސް ގޮވާލަމުންނެވެ. އަދި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިންވެސް ގެންދެވީ އެކަމަށް ގޮވާލައްވަމުންނެވެ.

https://www.facebook.com/735360863262300/posts/1832022403596135/?d=n

ޑރ ބިލާލަށް ޔޫޕަރްގެ ބައެއް ގައުމުތަކުން ފިޔަވަޅު އަޅާ އެ ގައުމުތަކަށް އެރުން ވަނީ މަނާކޮށްފައެވެ. ނަމަވެސް މުސްލިމުންގެ މެދުގައި އޭނާއަކީ ވަރަށް މަގުބޫލް އިލްމުވެެރިއެކެވެ. ހާއްސަކޮށް ޒުވާނުންގެ މެދުގައި އޭނާގެ މަގުބޫލްކަން ބޮޑެވެ.

ޑރ ބިލާލް އިސްލާމްވެ ވަޑައިގަތުމުގެ ކުޑަ ދުވަސްކޮޅެއް ފަހުން ދީނީ އިލްމު ޙާސިލް ކުރެއްވުމަށްޓަކައި ސަޢޫދީ ޢަރަބިއްޔާ ވަޑައިގެންނެވިއެވެ. އެއަށްފަހު މަދީނާގައި އިސްލާމީ ތަޢުލީމުން ފުރަތަމަ ޑިގްރީ އަދި ރިޔާޟުން ޢަޤީދާއިން މާސްޓާރސް ޑިގްރީ ޙާޞިލް ކުރައްވާ އެއަށްފަހު 1990 ގެ އަހަރުތަކުގެ ކުރީކޮޅުގައި އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީ އޮފް ވޭލްސް އިން ޢަޤީދާ އިން ޕީއެޗްޑީ ޙާޞިލް ކުރެއްވިއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *