ޑރ. ބިލާލް ޕިލިޕްސް ރާއްޖެ ގެނައުން މަޑުޖައްސާލައިފި ކަމަށް ޔޫތު މިނިސްޓްރ އަހުމަދު މަހުލޫފް ބުނެފިއެވެ.

މަޙްލޫފު ދެންމެ ކުރި ޓުވީޓެއްގައި ބުނެފައިވަނީ އުފައްދަމުންދާ ސުވާލުތަކާ އަދި ކަންބޮޑުވުންތަކާއި ގުޅިގެން ކަމާގުޅޭ އިތުރު ބައެއް އިދާރާތަކުގެ ލަފާ ހޯދުމަށް ޑރ ބިލަލް ޕްހިލިޕްސް ގެ އިވެންޓް މަޑުޖައްސާލާފައިވާ ވާހަކަ މައުލޫމާތަށްޓަކައި ހިއްސާކުރާކަމަށެވެ.

Ad
rt

މަޙުލޫފު މިގޮތައް ނިންމަވާ ޓުވީޓު ކުރެއްވީ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.ބިލާލް ފިލިޕްސް ރާއްޖެ ގެންނަން ފެނިވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނިކޮންނެވެ.

ޔޫތް މިނިސްޓްރީގެ ދައުވަތަކަށް އަންނަ މަހުގެ 12 އިން 18 ވަނަ ދުވަހުގެ ނިޔަލަށް ޑރ.ބިލާލް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވަނީ ވިދާޅުވެފައެވެ.

ޑރ.ބިލާލް އަކީ ދީނީ ހެޔޮ ލަފާ ނަސޭހަތް ދެއްވާ ބޭފުޅެއްގެ ގޮތުގައި ގިނަ އިސްލާމީ މުޖުތަމައުތަކުން ބަލައި ނުގަނޭ، އެ ބޭފުޅާ ރާއްޖެ ގެންނާކަށް ނުފެނޭ

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދުގެ އިތުރުން ޑރ.ބިލާލް ގެނައުމާ ދެކޮޅަށް މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިންތިޔާޒު ފަހުމީ (އިންތި) ވެސް ވަނީ ސޯޝަލް މީޑިއާގައި ވާހަކަދައްކަވާފައެވެ.

ދިވެހި ޒުވާނުންނަށް ދީނީ ނަސޭހަތް ދިނުމަށްޓަކައި، މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސް ރާއްޖެ ގެނައުމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީން ނިމުމުން އެއީ ހަރުކަށި ފިކުރުގެ ބޭފުޅެއް ކަމަށް ވިދާޅުވެ، އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ގެންދަވަނީ އެ ނިންމުމާ ދެކޮޅު ހައްދަވަމުންނެވެ. ޑރ. ފިލިޕް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިއޮތީ ތަހައްމަލު ކުރުމާއި، އަމާންކަމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށެވެ. އޭނާ ހަ ދުވަސް ވަންދެން ރާއްޖޭގައި މަޑު ކުރާ ގޮތަށްވެސް ކުރިން ހަމަޖެހިފައި އޮތެވެ.

ކެނެޑާ އަށް އުފަން ބިލާލް، މިހާތަނަށް ފަސް ފަހަރެއްގެ މަތިން ރާއްޖެ ވަޑައިގެން ދީނީ ނަސޭހަތް ދެއްވާފައި ވިޔަސް އެއީ ހަރުކަށި ފިކުރުގެ ބޭފުޅެއް ކަމަށް ނިންމައި ބައެއް ގައުމުތަކަށް އޭނާ އެތެރެވުން ވަނީ މަނާކޮށްފަ އެވެ. އޭގެ ތެރޭގައި ޕާކިސްތާނާއި ބަންގްލަދޭޝް ފަދަ ގައުމުތައް ހިމެނެ އެވެ.

ޑރ.ބިލާލް މީގެކުރިން ވެސް ވަނީ ރާއްޖެ ވަޑައިގެން ދަރުސްތަކެއް ދެއްވާފައެވެ. އަދި އިސްލާމީ މަރުކަޒުގައި އިނގިރޭސި ބަހުން ހުކުރު ހުތުބާ ވެސް ދެއްވާފައެވެ.