ދިއްދޫ ކައުންސިލާއި ހއ އަތޮޅު ކައުންސިލްއަށް ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓުން އީސީއަށް ފޯމު ހުށައަޅައިފި

027180E5-3077-4691-BDF1-BFCE63524021

އަންނަ އެޕްރީލް މަހު 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ހއ ދިއްދޫ ކައުންސިލާއި ހއ އަތޮޅު ކައުންސިލްއަށް ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމު ހުށައަޅައިފިއެވެ.

ދިއްދޫ ކައުންސިލްއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުން އަދި ހއ އަތޮޅު ކައުންސިލްއަށް ވާދަކުރާ މޫސާ ޝަފީޤުގެ ފޯމު ހުށައަޅާފައިވަނީ މިއަދު ހެނދުނެވެ.

އިލެކްޝަންސް ކޮމިޝަން ގެ ފަރާތުން މިފޯމުތަކާއި ހަވާލުވީ އީސީގެ ނައިބު ރައީސް އަހްމަދު އަކްރަމްއެވެ. އަދި އީސީގެ ފަރާތުން އެކޮމިޝަންގެ މެންބަރ އިސްމާއިލް ހަބީބު އަ ދި ދިއްދޫ ދާއިރާގެ މެންބަރ އަބްދުﷲ ވަހީދުވެވެސް ބައިވެރިވެފައިވެއެވެ.

ހއ އަތޮޅު ކައުންސިލްގެ ރައީސް ގެ މަޤާމަށް ކުރިމަތިލައްވަނީ މޫސާ ޝަފީޤް، ނިޝާން ހއ ދިއްދޫއެވެ. މޫސާ ޝަފީގްއަށް ވަނީ ޕްރައިމަރީއަކަށް ނުގޮސް އެމްޑީޕީގެ ޓިކެޓް ކަށަވަރުވެފައެވެ.

ހއ. ދިއްދޫ ކައުންސިލްގެ ރައީސް ކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވަނީ މިހާރު އަތޮޅު ކައުންސިލްގެ މެންބަރ ޢަބްދުﷲ ސިރާޖު އެވެ.

އެމްޑީޕީގެ ޓިކެޓުގައި ދިއްދޫ ކައުންސިލް މެންބަރުކަމަށް ވާދަކުރާ އަންހެން ކަނބަލުން ނަކީ ޢާއިޝަތު ޝަދީލާ، ޒަހީރާ މުޙައްމަދު އާއިި ޢާއިޝަތު ނަޘުމާ އެވެ. ފިރިހެން ބޭފުޅުންގެ ތެރޭގައި ހިމެނެނީ ޢަބްދުﷲ ވަޙީދު، ޢަބްދުﷲ ރަޝީދު އާއި ޢަބްދުﷲ މާހިރު އެވެ.

ދިއްދޫ ކައުންސިލްއަށް 7 މެންބަރުން އިންތިހާބު ކުރާނެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި