މައުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް އަހުލުވެރި ކުރުމުގެ މަސައްކަތު ބައްދަލުވުމެއް ކުޅުދުއްފުށީ ސިޓީގައި ބާއްވައިފިއެވެ.

ްއެ މަސައްކަތު ބައްދަލުވުން ކުޅުދުއްފުށީ ސިޓީގައި ހިންގާފައިވަނީ އިންފޮމޭޝަން ކޮމިޝަނަރ އޮފީހުގެ ފަރާތުންނެވެ.

Ad
rt

ކުޅުދުއްފުށީ ސިޓީގެ ނޮދާން އޮފީސް ކޮމްޕްލެސްގައި ބޭއްވި މިމަސައްކަތު ބައްދަލުވުމުގައި ކުޅުދުއްފުށި ސިޓީގައި ހުރި އެކި މުއައްސަސާތަކުން 54 މީހުން ބައިވެރިވެފައިވެއެވެ.

އެއްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މިމަސައްކަތު ބައްދަލުވުމުގައި މައުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ މުހިންމުކަމާއި އެޤާނޫނުގެ ތެރޭން މައުލޫމާތު ހޯދުމަށް ލިބިދޭ ހައްޤުތަކާއި ބެހޭމައުލޫމާތު ފޯރުކޮއްދީފައިވެއެވެ. އަދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ދައުރާއި އެއޮފީހުން ޚިދުމަތް ހޯދާނެގޮތްތަކަކީ ކޮބައިކަންވެސް ބައިވެރިންނަށް އޮޅުން ފިލުވައި ދީފައިވެއެވެ.

މީގެއިތުރުން އިދާރާތަކަން މައުލޫމާތު ހޯދަން އެދުމުން އަމަލުކުރަންޖެހޭނެ ގޮތްތައް ވެސް އެބައްދަލުވުމުގައި ކިޔާދީފައިވެއެވެ.

އިންފޮމޭޝަން ކޮމިޝަނަރު އޮފީހުގެ ޑިރެކްޓަރު ޖެނެރަލް އަހްމަދު ޝިޔާމް ބައިވެރިންނަށް މައުލޫމާތު ދެއްވި މިބައްދަލްވުން ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަޙްމަދު ދާއޫދެވެ.

އެރަސްމިއްޔާތުގައި ޝަރަފްވެރި މެހުމާނު ދެއްކެވި ވާހަކައިގައި މައުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަކީ މުހިންމު ގާނޫނެއްކަން ފާހަގަކުރެއްވައި، ރާއްޖެއަކީ ކޮރޮޕްޝަން ނެތް ގައުމަކަށް ހެދުމަށް މީޑީއާތަކުން ޞައްޙަ މައުލޫމާތު ފޯރުކޮށް ދިނުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާ ލެއްވިއެވެ.

އެ ކޮމިޝަނުންވަނީ ‏މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް އަހުލުވެރިކުރުމުގެ ގޮތުން ހދ.ކުމުންދޫގައިވެސް މަސައްކަތު ބައްދަލުވުމެއް ބާއްވާފައެވެ.