ހދ. ނޮޅިވަރަންފަރުގައި ބައިނަލްއަޤުވާމީ އިސްރަށްވެހިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

މި އޮކްޓޯބަރ މަހުގެ 3 ވީ ހުކުރުދުވަހު ހަވީރު ނޮޅިވަރަންފަރުގައި އިސްރަށްވެހިންގެ ދުވަސް ފާހަގަކޮށްފައިވަނީ އިހުޒަމާނުގައި ކުޅެ އުޅުނު ތަފާތު ކުޅިވަރު ތަކާއި ސަޤާފީ ހަރަކާތްތައް ހިމެނޭގޮތަށެވެ.

Ad
rt

އެގޮތުން މި ހަވީރު ކުލަގަދަކޮށް މިއަހަރު ނޮޅިވަރަންފަރުގައި ކުރިއަށް ގެންގޮސްފައިވަނީ، ހދ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ، ނޮޅިވަރަންފަރު ކައުންސިލް، ދިވެހި ރެޑް ކްރެސެންޓް ނޮދާން ރީޖަނަލް އޮފީސް އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އިތުރުން މުއައްސަސާތައް ގުޅިގެންނެވެ.

Screenshot

މީގެ އިތުރުން މި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް މި ހަވީރުގައި ރެޑް ކްރެސެންޓް އިން އެހީތެރިކަން ފޯރުކޮށްދީފައިވަނީ އަލިފުޅު ތުއްތު ފައުންޑޭޝަނާއެކު ކުރިއަށް ގެންދާ ދުޅަހެޔޮ ދުވަސްވުމާ ގުޅޭ ޕްރޮޖެކްޓްގެ ތެރެއިންނެވެ.

ނޮޅިވަރަންފަރާއި، ހދ އަތޮޅުގެ ރަށްރަށުގެ ގިނަ އަދަދެއްގެ އިސްރަށްވެހިން ބައިވެރިވި މި ހަވީރުގައި އިހުގެ ދިރިއުޅުމާއި، ޙާދިސާތަކާއި އިޖުތިމާޢީ ހަރަކާތްތައް ދައްކުވައިދޭ ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ހަރަކާތްތަކުގެ ތެރެއިން، ބޮޑު ބެރާއި، ސްޓޭޖް އައިޓަމް ތަކުުގެ ތެރެއިން "އިހުގެ ދުވަސް"، "ބޮޑު މާލޫދު"، "ބޮޑު ތަދު" ދައްކުވައިދިން ހަރަކާތްތަކާއި، ފިރިހެނުންގެ ދަފި ނެގުން، އަދި ބައިވެރިންނަށް ހަދިޔާ ދިނުމުގެ އިތުރުން އިސްރަށްވެހިންނަށް މި ހަވީރުގައި ވަނީ މައުލޫމާތުގެ ސެޝަންތައްވެސް ކުރިއަށް ގެންގޮސްފައެވެ.

އަތޮޅު ފެންވަރުގައި ނޮޅިވަރަންފަރުގައި ފާހަގަކުރި މި ހަވީރަކީ ގިނަ ފަރާތްތަކެއްގެ މެދުގައި ޝުއޫރުތައް ފާޅުކޮށް، ޖީލުތަކުގެ މެދުގައި ގުޅުން ބަދަހިކޮށްލަން ލިބުނު ފަހި ފުރުސަތެއްކަން ފާހަގަކޮށްލެވެއެވެ.